ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 07:59
މާޓިން ޑުބްރާވްކާ
މާޓިން ޑުބްރާވްކާ
ޓްރާންސްފާ މާކެޓް
ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރާވްކާ ވެސް ޔުނައިޓެޑަށް
 
ލޯނު އެއްބަސްވުމެއްގެ ދަށުން މާޓިން ޔުނައިޓެޑަށް ގުޅެނީ ފަސް މިލިއަން ޕައުންޑަށް

ނިއުކާސަލް ޔުނައިޓެޑުގެ ގޯލްކީޕަރު މާޓިން ޑުބްރާވްކާ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ޔުނައިޓެޑުން ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަމުން އަންނަ އިރު، ދާދި ފަހުން ވަނީ އަޔެކްސް އަށް ކުޅެމުން އައި ބްރެޒިލްގެ އެންޓޮނީ މަތިއުސް ވެސް ހޯދާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މާޓިން ޔުނައިޓެޑަށް ބަދަލުވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާއެކު ދާއިމީ އެއްބަސްވުމެއް ހެދެމުގެ ފުރުސަތު ވެސް އޮވެއެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން މާޓިން ޔުނައިޓެޑަށް ގުޅެނީ ފަސް މިލިއަން ޕައުންޑަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން ވަނީ ނިއުކާސަލް އަދި މާޓިން އާއެކު އެއްބަސްވުމަކަށް އާދެވިފައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި މަޓީން ޔުނައިޓެޑަށް ދަތުރުކުރާއިރު، އޭނާގެ މެޑިކަލް ޓެސްޓުގެ ކަންކަން ވެސް އަންގާރަ ދުވަހު ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާޓިން އެންމެ ފުރަތަމަ ނިއުކާސަލަށް ގުޅުނީ 2018 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު ހަމަ އެއަހަރު ވަނީ އެ ޓީމާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މާޓިން ވަނީ މިހާތަނަށް 130 މެޗުގައި ނިއުކާސަލްގެ ގޯލު ބަލަހައްޓާފައެވެ. މީގެ އިތުރުން މާޓިން އަކީ ސްލޮވާކިއާގެ ގައުމީ ޓީމުގެ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
25%
25%
0%
25%
ކޮމެންޓް