ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 07:56
ފަބިއަން ރުއިޒް
ފަބިއަން ރުއިޒް
ޓްރާންސްފާ މާކެޓް
ނަޕޯލީގެ ފަބިއަން ރުއިޒް ޕީއެސްޖީއަށް
 
އޭނާ ޕީއެސްޖީއަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ނަޕޯލީއަށް ކުޅެމުން އައި ސްޕެއިންގެ ސެންޓަރ މިޑްފީލްޑަރު ފަބިއަން ރުއިޒް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޕީއެސްޖީ އާއި ނަޕޯލޯއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. ފަބިއަން ހޯދުމަށް ޕީއެސްޖީން ނަޕޯލީއަށް 22 މިލިއަން ނުވަތަ 23 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އޭނާ ޕީއެސްޖީއަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި މަޑުކުރާނެއެވެ.

ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2014 ވަނަ އަހަރު ރެއާލް ބެޓިސް އިންނެވެ. އެއަށްފަހު އޭނާ ނަޕޯލީއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. ނަޕޯލީއަށް ކުޅެދިން 166 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހާފައެވެ. ފަބިއަން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 15 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް