ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 14:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މ. ވޭވަށަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މ. ވޭވަށަށް ވަޑައިގަތުން
ރައީސް އޮފީސް
މ ވޭވަށު އިންޖީނުގެ ހުޅުވުން
ކަމެއް ކުރަން ބޭނުންވާނަމަ އެކަމެއް ކުރެވޭނެ، މާ ގިނަ ބަހަނާ ދައްކާކަށް ނުޖެހޭ: ރައީސް
މިއީ ވޭވަށަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ދަތި އުނދަގުލެއްގެ ނިމުން
ސަރުކާރުން ކުރާ މަސައްކަތްތަކުގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ފެނަކަ ކޯޕަރޭޝަން
ހަމައެކަނި ބޭނުންވަނީ ރަނގަޅު އަމާޒަކާއި ވިސްނުމަކާއެކު ކުރިއަށް ދިއުންކަމަށް ރައީސް ވިދާޅުވި

ކަމެއް ކުރަން ބޭނުންވާނަމަ އެކަމެއް ކުރެވޭނެ ކަމަށާއި، އެކަމަށްޓަކައި މާ ގިނަ ބަހަނާ ދައްކާކަށް ނުޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މ. ވޭވަށު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ވޭވަށަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ދަތި އުނދަގުލެއްގެ ނިމުން ކަމަށެވެ. އެގޮތުން ވޭވަށުގެ ކަރަންޓުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ބަދަލު ކުރުމާއެކު އެކަން ހުޅުވިގެންދާކަން ރައީސް ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ.

ވޭވަށުގެ ކަރަންޓުގެ ޚިދުމަތަށް ގެނެވުނު ބަދަލު ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ފެނަކަ ކޯޕަރޭޝަން ކަމަށެވެ.

ރައީސް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށް ގެންނަން ބޭނުންވަ ޖަޒީރާ ތަރައްޤީ ގެނައުމުގެ މަސައްކަތް ކަމަށެވެ.

ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދުއާއި، ހީވާގި މުރާލި މުއައްޒަފުން އެ ކުރައްވާ މަސައްކަތަކީ ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީ ގެނައުން، އެކަމަށްޓަކައި އެމްޑީ ސައީދަށާއި، ކުންފުނީގެ ހުރިހާ މުއައްޒަފުންނަށް އަޅުގަނޑާއި ސަރުކާރުގެ ފަރާތުން ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއްކަމަށް ރައީސް ވިދާޅުވިއެވެ. ސްޓެލްކޯ ފަދަ ކުންފުނިތައް ނުހިމަނައި މިއަދު ހަމައެކަނި ފެނަކަ ނޫން ތަނެއްގެ ބެލުމުގެ ދަށުން ހިނގަމުންދަނީ ރާއްޖޭގެ އެންމެ އިންޖީނުގެއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރ އުނގޫފާރު އިންޖީނުގެވެސް ފެނަކައާއި ޙަވާލު ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އައިސްޕްލާންޓުތައް ވެސް ފެނަކައާއި ޙަވާލު ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ރަށްރަށުގެ ކަރަންޓުގެ ދަތިކަމަކީ ސަރުކާރު ވެރިކަމާ ޙަވާލުވީއިރު ވެސް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ދަތިކަމެއްކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ފެނަކައިން މިހާތަނަށް 141 ރަށަކަށް އައު އިންޖީނު ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ރައީސް ވަނީ ފެނަކައިގެ ޓީމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ކަމެއް ކުރަން ބޭނުންވާނަމަ އެކަމެއް ކުރެވޭނެ ކަމަށާއި، އެކަމަކަށްޓަކައި މާ ގިނަ ބަހަނާ ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އެއީ މާ ހަމަޖެހޭ ނުވަތަ ދެކޮޅުޖެހޭ ވާހަކަތަކެއްވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެކަނި ބޭނުންވަނީ ރަނގަޅު އަމާޒަކާއި ވިސްނުމަކާއެކު ކުރިއަށް ދިއުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި އެމްޓީސީސީ ފަދަ ކުންފުނިތަކުން އެކަން ސާބިތު ކޮށްދެމުންދާ ކަމަށެވެ. ރައީސް ވަނީ އެ ކުންފުނިތަކުގެ އެހީއާއެކު، ސަރުކާރުން ރައްޔިތުންނަށް ވެދީފައިވާ ވައުދުތައް ފުއްދޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

ވޭވަށުގައި ހުޅުވާ އާ އިންޖީނުގެއަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތަށް ތަރައްޤީ ކޮށްފައިވާ އިންޖީނުގެއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 400 ކިލޯވޯޓުގެ 3 ޖަނަރޭޓަރު ސެޓު ބެހެއްޓޭ ގޮތަށް އަދި ދުރު މުސްތަޤުބަލަށް ވިސްނައިގެން ޤާއިމު ކޮށްފައިވާ އިންޖީނުގެއެއްކަމަށް ރައީސް ވިދާޅުވެއެވެ.

ރައީސް ވަނީ ކުރިއަށް އޮތް 30 ވަރަކަށް އަހަރަށްވެސް އެރަށަށް ކަރަންޓުގެ ދަތިކަމެއް ނެތި އެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް