Advertisement
ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 19:02
މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު
މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު
ރައީސް އޮފީސް
މުލީގެ ތަރައްޤީ
މުލީ އެއަރޕޯޓް ތަރައްޤީކޮށް އަންނަ އަހަރު ޚިދުމަތްދޭން ފަށަނީ
އެ އަތޮޅުގެ އެއާޕޯޓު މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައި ވަނީ 28 ފެބްރުއަރީ 2021 ގައި
މ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައި
މިއީ މުލަކު އަތޮޅުގައި ޤާއިމްކުރާ ފުރަތަމަ އެއާޕޯޓު

މުލަކަތޮޅުގެ މުލީ އެއަރޕޯޓް ހުޅުވޭވަރަށް ތަރައްޤީކޮށް ނިންމާ، ކުރިއަށް އޮތް އަހަރުގެ މެދުތެރޭގައި އެ ތަނުގެ ޚިދުމަތް ދެވޭ ވަރު ވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މ.ވޭވަށު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ އާޕޯޓަކީ މުޅި މުލަކަތޮޅު ރައްޔިތުން އިންތިޒާރުކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެ އެއާޕޯޓް ނިމުމަކީ އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement

މުލަކަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅަކަށް ވާއިރު އެ އަތޮޅުގެ އެއާޕޯޓު މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައި ވަނީ 28 ފެބްރުއަރީ 2021 ގައެވެ. މ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުދެކުނު ފަރާތުން މިހާރުހިއްކާފައިވާ 40 ހެކްޓަރުގެ ބިމާއި އަދި އިތުރުން ހިއްކަން ހަމަ ޖެހިފައިވާ 14 ހެކްޓަރު ގެ ބިމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް