ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 07:33
ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގު
ފަހަތުން އަރައި އަލްމޭރިއާއިން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފި
 
ސެވިއްޔާގެ މައްޗަށް އަލްމޭރިއާ އިން ކުރި ހޯދީ 2-1 އިން

ސްޕެނިޝް ލީގުގައި އަލްމޭރިއާ އިން ފަހަތުން އަރައި ސެވިއްޔާ ބަލިކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލްމޭރިއާ އިން ކާމިޔާބުކުރީ ސެވިއްޔާއިން ލަނޑު ޖަހައި ލީޑުގައި އޮއްވާ، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ސެވިއްޔާއަށް ލީޑު ނަަގައިދިނީ އޮލިވަރ ޓޮރޭސްއެވެ. ލީޑުގައި އޮވެ ސެވިއްޔާއިން ކުޅެމުން ދަނިކޮށް، އަލްމޭރިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 42 ވަނަ މިނެޓުގައި ލާޖީ ރަމަޒާނީއެވެ. އަލްމޭރިއާ މެޗުން މޮޅުކޮށްދިން ލަނޑު 55 ވަނަ މިނެޓުގައި ޖެހީ އުމަރު ޞާދިގުއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓު ހޯދައިގެން އަލްމޭރިއާ އޮތީ ތާވަލްގެ ނުވަ ވަނަ މަގާމުގައެވެ. މެޗުން ބަލިވި ސެވިއްޔާ އޮތީ އެއް ޕޮއިންޓާއެކު 15 ވަނަ މަގާމުގައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، ރެއާލް ސޮސިއެޑާޑުން ވަނީ 1-0 އިން އެލްޗޭ ބަލިކޮށްފައެވެ. އަދި މަލޯކާއިން ވަނީ 2-0 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް