ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 21:41
ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ރެކޯޑު އަދަދަކަށް ލަނޑުޖަހައި، ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި
 
ލިވަޕޫލް އޮތީ ތާވަލުގެ 8 ވަނައިގައި

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި ރެކޯޑު އަދަދަކަށް ލަނޑުޖަހައި، ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 9-0ންނެވެ. މިއާއެކު ލިވަޕޫލުން ވަނީ ޕްރިމިއަރ ލީގުގެ މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ އަރާ ހަމަކޮށްފައެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒްއެވެ. އޭނާ ވަނީ މި މެޗުގައި ދެލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ލިވަޕޫލުްގެ ހާވޭ އެލިއޮޓް ވަނީ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލްގެ ލަނޑުތައް ޖެހީ ރޮބާޓޯ ފިރްމީނިއޯ، އަލެކްސަންޑަރ އާނޯލްޑް، ވާޖިލް ވެންޑައިކް އަދި ފަބިއޯ ކަވާޅޯއެވެ. ލިވަޕޫލްގެ އެއް ލަނޑަކީ ބޯންމައުތުގެ ކްރިސް މެފަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ތާވަލުގެ 8 ވަނައިގައެވެ. ދެމެޗުން އެއްވަރުވެ، އެއް މެޗުން ބަލިވިއިރު، މިރޭގެ މެޗުން ލިބުނު މޮޅާއެކު ލިވަޕޫލްއަށް ލިބެނީ ފަސް ޕޮއިންޓެވެ. އެއް މެޗުން މޮޅުވެ، ކުޅުނު އަނެއް ތިން މެޗުން ބަލިވުމުން ލިބުނު ތިން ޕޮއިންޓާއެކު ބޯންމައުު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
0%
0%
50%
ކޮމެންޓް