ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 07:21
ދަ ގްރާންޑޭ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން
ދަ ގްރާންޑޭ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން
އެފްއޭއެމް
ދިވެހި ލީގު ކޮލިފިކޭޝަން
އިތުރު ވަގުތުގައި ލަނޑު ޖަހާ، ކްލަބް ޓީނޭޖުން ދަ ގްރާންޑޭ އަތުން ޕޮއިންޓެއް ހޯދައިފި
ތިންވަނަ މެޗުގައި ވާދަކުރާނީ ސަސްއާއި ޓީނޭޖު

ދިވެހި ލީގު ކޮލިފިކޭޝަންގައި ދެވަނަ ޑިވިޝަންގެ ރަނަރަޕް ކްލަބް ޓީނޭޖުން ފުރަތަމަ ޑިވިޝަންގެ ދަ ގްރާންޑޭ އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ފުލަށް ދިއުމުން ކޮލިފިކޭޝަން ކުޅެން ޖެހުނު ދަ ގްރާންޑޭ އަތުން ޓީނޭޖު ޕޮއިންޓެއް ހޯދީ 2-2 ން މެޗު އެއްވަރުކޮށްގެންނެވެ. ޓީނޭޖުން މެޗުގެ ނަތީޖާ ހަމަހަަމަ ކުރީ ދަ ގްރާންޑޭއިން ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ނަގާފައިވަނިކޮށެވެ. ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ ނިކޮލަސް ހޫގޯއެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖެހީ މުޙައްމަދު ޝާރިހުއެވެ. ކްލަބް ޓީނޭޖުގެ ފުރަތަމަ ލަނޑު ޖެހީ ބަހުޖަތު އަބުދުލްއަޒީޒެވެ. އޭނާ ލަނޑު ޖެހީ ދަ ގްރާންޑޭގެ ދެވަނަ ލަނޑު ޖެހިތާ މިނެޓެއް ތެރޭގައެވެ. ޓީނޭޖަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި އަލީ އަހުމަދު އަލީ އަފީފީއެވެ.

ކޮލިފިކޭޝަން ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ވާދަކުރާނީ ސަސްއާއި ޓީނޭޖެވެ. އެ ރޭ ވާދަކުރާނީ ދަ ގްރާންޑޭއާއި ބުރު ސްޕޯރޓްސް ކްލަބެވެ.

- ކޮމެންޓް