ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރި ދަ ގްރާންޑޭގެ މައްޗަށް ވެސް ޓެންޓް ސްޕޯރޓްސް ކްލަބް ކުރި ހޯދައިފިއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗުގައި ޓެންޓް ސްޕޯރޓްސް ކްލަބް އަތުން ބަލިވީ 5-1 ނެވެ. މެޗުގައި ޓެންޓް ސްޕޯރޓްސް ކްލަބްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހަސަން ނިމާލް އެވެ. ފުރަތަމަ ލަނޑު ޖަހާ ލީޑް ހޯދައިދިނީ އަހުމަދު ފިރާޝް އެވެ. ދެވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޗަލަނަ ޗަމީރާ އެވެ. ފަހު ލަނޑު ޖެހީ އާދަމް އާޒިމް އެވެ. ޓެންޓް ސްޕޯރޓްސް އިން ހަތަރު ލަނޑު ޖެހިފަހުން ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު ޖެހީ މުޝްރިފް މޫސާ އެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ނިއުރޭޑިއަންޓް ހިމެނޭ ގްރޫޕެވެ. މިގްރޫޕްގައި ޝެޑިލްގައި ދަ ގްރާންޑޭ އަށް ފުރަތަމަ އޮތީ ނިއުރޭޑިއަންޓާ ވާދަކުރާ މެޗެވެ. ނަމަވެސް މެޗަށް ނުކުންނަން ތައްޔާރުވެފައި ވަނިކޮށް އެ މެޗު ފަސްކުރީ ވިއްސާރަވުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވޭނެތީ އެވެ. ޓެންޓް ސްޕޯރޓްސް ކްލަބް ވަނީ ފުރަތަމަ މެޗުގައި ބީޖީ ވެސް ބަލިކޮށްފައެވެ. އެހެންކަމުން މިވަގުތު މިގްރޫޕުން އެއްވަނައިގައި އޮތީވެސް ޓެންޓް ސްޕޯރޓްސް އެވެ.