ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 18:12
މަސްއޮޑި ކުޅުންތެރިން އުފާ ފާޅުކުރަނީ
މަސްއޮޑި ކުޅުންތެރިން އުފާ ފާޅުކުރަނީ
މަސްއޮޑި
ދެވަނަ ޑިވިޝަން ފުޓްބޯޅަ
މަސްއޮޑި ފުރަތަމަ ޑިވިޝަނަށް
 
ނިއުއާ ވިކްޓްރީ ހޯމަ ދުވަހު ވާދަކުރާނީ

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށް, މަސްއޮޑި ސްޕޯރޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެ އެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކުރާ ދެޓީމް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް ކުޅުނު މުބާރާތުގެ ސެމީފައިނަލްގައި މަސްއޮޑި ކުރިހޯދީ ޓެންޓް ސްޕޯރޓްސް ކްލަބާ ވާދަކޮށް 5-1 ނެވެ. މެޗުގެ ފުރަތަމަ ހާފް 1-1 ން އެެއްވަރުވިނަމަވެސް ދެވަނަ ހާފްގައި މަސްއޮޑިން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ. މަސްއޮޑި ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި މަސްއޮޑިއަށް ފުރަތަމަ ކުރިހޯދައިދިނީ ހުސެއިން ޝަރީފެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ލަންކާގެ ޗަލަނަ ޗަމީރާ ލަނޑު ޖަހާ ޓެންޓަށް އެއްވަރު ކޮށްދިނެވެ. ދެވަނަ ހާފްގެ ކުރީކޮޅު މަސްއޮޑިން ދެވަނަ ފަހަރަށް ލީޑް ނެގީ ޕެނަލްޓީ އަކުންނެވެ. އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ އިސްލާމް ފިކުރީއެވެ. އޭގެ މާގިނައިރެއް ނުވެ ތިންވަނަ ލަނޑެއް ޖެހީ އަބްދުالله ޒިޔާން އެވެ. ހަތަރުވަނަ ލަނޑު ޖެހީ އަބްލާތީ އެލް ސައީދު އެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ އަބުދުالله ޒިޔާން އެވެ.

މަސްއޮޑި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު ކޯޗު މުޙައްމަދު އާތިފް (އާތީ) އެވެ. ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ދެވަނަ ޓީމަކަށް ވާނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަ ދެބާރު ވިކްޓްރީއާއި ނިއުރޭޑިއަންޓްގެ ތެރެއިން ޓީމެކެވެ. އެދެޓީމް ވާދަކުރާ ސެމީފައިނަލް ކުޅޭނީ މާދަމާ އެވެ. ދެޓީމްވެސް މަސައްކަތް ކުރަނީ އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދުމަށެވެ. ނިއުއާއި ވިކްޓްރީ ވެސް ސެމީއަށް ދިޔައީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް