ކ. މާލެ
|
10 މެއި 2024 | ހުކުރު 00:58
މަސްއޮޑި ސްޕޯޓްސް ކުލަބުގެ އައު ލޯގޯ
މަސްއޮޑި ސްޕޯޓްސް ކުލަބުގެ އައު ލޯގޯ
ފޭސްބުކް
އޮޑި ސްޕޯޓްސް ކްލަބް
މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
 
މަސްއޮޑި ވަނީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައި

ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވާ މަސްއޮޑި ސްޕޯޓްސް ކުލަބުގެ ނަމުން މަސް ކަނޑައި އޮޑި ސްޕޯޓްސް ކުލަބަށް ބަދަލުކޮށްފި އެވެ.

މިކަން ރަސްމީކޮށް އިއުލާނުކުރީ ރޭ ސަލްޓަންޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ އެވެ. ޓީމުގެ އައު ލޯގޯ އާއި ކުރިއަށް އޮތް ސީޒަނުގައި ބޭނުންކުރާނެ ޖާޒީ ދައްކާލުން ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. އޭނާ އަކީ ކުރިއަށް އޮތް އެފްއޭއެމުގެ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓްވެސްމެ އެވެ.

މަސްއޮޑި ސްޕޯޓްސް ކުލަބު އުފެއްދީ 2016 ވަނަ އަހަރު އެވެ. އެ ޓީމު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ތިން ވަނަ ޑިވިޝަނުގެ ތަށި ހާސިލްކޮށް މި އަހަރުގެ ބޭއްވި ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފަ އެވެ.

މި ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކުލަބުން ވަނީ ފުޓްބޯޅަ ނޫން ކުޅިވަރުތަކުން ވެސް އެ ޓީމު ފެނިގެންދާނެ ކަމަށް ބުނެފަ އެވެ. އޮޑި އަކީ މިހާރު ވެސް ރާއްޖޭގެ ބައިބަލާގައި މަޝްހޫރު އަދި ކާމިޔާބު ޓީމެކެވެ.

ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާއެކު ބައެއް ކުލަބުތަކުގެ ނަން ބަދަލުވުމަކީ ރާއްޖޭގައި ދޭތެރެދޭތެރެއިން ކުރާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް