ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 07:29
ބުރާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން
ބުރާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން
FAM
ދިވެހި ލީގު ކޮލިފިކޭޝަން
ދަ ގްރާންޑޭ ބަލިކޮށް ބުރު ފުރަތަމަ ޑިވިޝަނާ ދިމާއަށް
 
ދަ ގްރާންޑޭ ރެލިގޭޓްވުން ގާތް

ދިވެހި ލީގު ކޮލިފިކޭޝަންގައި ދަ ގްރާންޑޭ ބަލިކޮށް, ބުރު ސްޕޯރޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގެ ޖާގައެއް ހޯދުމަށް ފުރުޞަތު ބޮޑުކޮށްފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ފުލަށް ދިޔަ ދަ ގްރާންޑޭ އަތުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ކުރިހޯދީ 3-1 ނެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް ބުރުން ލީޑް ނެގީ ޖަމީލް ޖުމެއިލްގެ ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ހަވަނަ މިނެޓުގައި ހޫގޯ ނިކޮލަސް ޖެހި ލަނޑުން ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަކުރިއެވެ. ބުރަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ އަހުމަދު ވިސާމްއެވެ. ތިންވަނަ ލަނޑު ޖެހީ ސެޓަފަން ޑުރިޗްއެވެ.

މިމޮޅާއެކު ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަޤީންކުރަން ބުރު ވާދަކުރަން ޖެހޭނީ ދެވަނަ ޑިވިޝަންގެ ފައިނަލްގައި ފަސޭހައިން ބަލިކުރި ޓީނޭޖާއެވެ. ޓީނޭޖް ބަލިކޮށްގެން ބުރަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަޤީންކުރެވޭނެއެވެ. އެމެޗުން ޓީނޭޖް މޮޅުވެއްޖެނަމަ ޓީނޭޖަށް ވެސް ޖާގަ ޔަޤީންވާނެއެވެ. ދަ ގްރާންޑޭއަށް ފުރުޞަތު އޮތީ ފަހު މެޗުގައި ސަސް ބަލިކޮށްގެންނެވެ. އޭރުންވެސް އަމިއްލަ ބާރެއް ނޯންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް