ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 18:49
އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ތަމްރީންކުރި ޑައިވަރުންނާ މުޚާތަބުކުރައްވައި ފައްޔާޒް ވާހަކަފުޅުދައްކަވަނީ
އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ތަމްރީންކުރި ޑައިވަރުންނާ މުޚާތަބުކުރައްވައި ފައްޔާޒް ވާހަކަފުޅުދައްކަވަނީ
އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ ޑައިވިންގގެ ސިނާއަތް
ޑައިވިންގެ ކުރިމަގު ރަނގަޅު، ދިރާސާކުރުމަށް އެހީވެވިދާނެ: ފައްޔާޒް
އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، 41 ޑައިވް އިންސްޓްރަކްޓަރުން ވަނީ ތަމްރީނުކޮށްފައި
މިއީ އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ޑައިވަރުން ތަމްރީނުކުރި ފުރަތަމަ ބެޗް

ރާއްޖެއަކީ ޑައިވިންގގެ ސިނާއަތް ފުޅާކުރެވިދާނެ ގައުމެއްކަަމަށާއި، އެކި ދާއިރާތަކުން ދިރާސާކުރުމަށް އެހީތެރިވެވިދާނެކަަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން، ސަރުކާރުގެ ޚަރަދުގައި ޑައިވަރުން ތަމްރީނުކުރި ފުރަތަމަ ބެޗްގެ ބައިވެރިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ، ޑައިވިންގެ ސިނާއަތަކީ ކުރިމަގު ރަނގަޅު ސިނާއަތެއް ކަމަށާއި އެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކުރެވިދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ސިނާއަތުގައި މިހާރަށްވުރެ ގިނަ އަންހެނުން ހަރަކާތްތެރިވާ މަންޒަރު ފެނިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު މާލީ ހާލަތު ދަށްވެގެންދިޔަ މީހުންނަށް އަމާޒުކޮށްގެން ފަށާފައިވާ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން 41 ޑައިވް އިންސްޓްރަކްޓަރުން ވަނީ ތަމްރީނުކޮށްފައެވެ. އެ ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ހިންގޭ "ސްކިލް ޓްރެއިނިންގ" ޕްރޮގްރާމްގެ ތެރެއިންނެވެ. މި ކޯހުގެ ބައިވެރިންނާއި މުދައްރިބުންވެސް ވަނީ، މިފަދަ ކޯހެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އިކޮނޮމިކް މިނިސްޓްރީއާއި ދިވެހި ޑައިވް ސެންޓަރުތަކާ ގުޅިގެން ހިންގި މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަށުން ކޯސް ނިންމި ޑައިވަރުންނާ ހޯމަ ދުވަހު ވަނީ ލިޔުން ހަވާލުކޮށްފައެވެ. މިއީ މިފަދަ ޕްރޮގްރާމެއް ފުރިހަމަކުރި ފުރަތަމަ ބެޗްކަމަށްވާއިރު އެ ޑައިވަރުން ފުރިހަމަކޮށްފައިވަނީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވް އިންސްޓްރަކްޓަރސް (ޕަޑީ)ގެ ޑައިވް އިންސްޓްރަކްޓަރ ކޯހެވެ.

- ކޮމެންޓް