Advertisement
ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 14:52
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ ވަޒީފާ
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި
ގްރޭޑް 10 ނިންމާފައިވުމާއި، 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން ލާޒިމު
އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ  ހަވީރު 4:00ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި، 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ނެތުމުގެ އިތުރުން، ފިރިހެނެއް ނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި، އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ.

އޭގެ އިތުރުން، މިދިޔަ ފަސް އަހަރުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި، ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

އިތުރު ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ހިމެނެއެވެ.

ޝަރުތު ހަމަވީ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދޭނީ ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވުމާ އެކު މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް އަދި ކުރެވޭ އިންޓަވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ މީހުންނަށްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން 4:00ށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް