Advertisement
ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 15:21
18 މީހެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައި
18 މީހެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައި
ރާއްޖެއެމްވީ
އެއްޖިންސުން ގުޅުން ހިންގި މައްސަލަ
އެއްޖިންސުން ގުޅުން ހިންގި މައްސަލަ: ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ފުރައިފި
އެމީހުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ، އެމްޑީ އަލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގުގައި، މީހުން ދެނެގަނެ ފުރުން މަަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހުންގެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާކަމަށާއި، އެމީހުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމީހުންނަކީ ކޮބައިކަމާއި އެމީހުންގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ހިމެނޭ 18 މީހެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައެވެ. އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާއެވެ. ޕީޖީ އޮފީހުން ވަނީ އެކަން "ރާއްޖެ އެމްވީ"އަށް ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މި މައްސަލައިގައި ދައުވާކޮށްދޭން އެދިފައިވަނީ، މި މައްސަލައާގުޅިގެން ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުއާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރުއާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

Advertisement

މި ތިން މީހުން މައްޗަށް ދައުވާ އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން، ތުހުމަތުކުރާ ކުށް އެ މީހެއްގެ މައްޗަށް ސާބިތުވެއްޖެމަ ޖަލު ހުކުމެއް އަންނާނެއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި ސިޔާސީ އިސް ފަރާތްތަކާއި ފުލުހުންނާއި ސިފައިން ހިމެނޭކަމަށްވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއްބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއްގެ އިތުރުން، އެ މަންޒަރުތައް ފެންނަ ވީޑިއޯއާއި ފޮޓޯ ނަގައި، ބްލެކްމެއިލްކުރި މައްސަލަތަކެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް