ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 07:31
އައްޑޫ ސިޓީ ހިތަދޫއިން ފެނުނު ސީލް
އައްޑޫ ސިޓީ ހިތަދޫއިން ފެނުނު ސީލް
ޓްވިޓަރ / @ބީންނެވަރސީން
އައްޑުއަށް ސީލްއެއް އެރުން
ސީލްއަށް އުނދަގޫ ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެ
 
ސީލްއަށް މިހާރު ފުލުހުން ދަނީ ހިމާޔަތް ދެމުން

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތުން އަތިރިމައްޗަށް އެރި ސީލްއަށް އުނދަގޫ ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ހޯމަ ދުވަހު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އާދީއްތަ ދުވަހު އެރި ސީލްއަށް ކާންދީ ފޮޓޯ ނެގުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންކަން ނުކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ސީލްއަކީ އޭގެ ޒާތުގައި އަމިއްލަ ހާލާއިގެން އުޅެވޭ އެއްޗަކަށް ވާތީ، އެ ސީލަށް އެއްވެސް ވަރަކަށް ގޯނާކޮށް، ކާންދީ އަދި އޭގެ ވަށައިގެން މީހުން ޖަމާވެ، ފޮޓޯނަގައި އިންސާނުންގެ އުނދަގޫވާ ގޮތަށް އަމަލު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސީލް އަކީ ރާއްޖޭން ނުފެންނަ ޖަނަވާރަކަށްވާއިރު އައްޑޫއަށް ސީލް އެރުމުން ގިނަ ބަޔަކު ދަނީ އެތަނަށް އެއްވެ އޭގެ ފޮޓޯ ނެގުމަށް މަސައްކަތް ކުރަމުންނެވެ. އެހެންވެ، އެ ސީލްއަށް ހިމާޔަތް ދިނުމަށް ފުލުުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވެސް އައްޑުއަށް ސީލްއެއް އެރިއެވެ. ދެވަނަ ފަހަރަށްވެސް އަރައިގެން އުޅެނީ އެ ސީލްކަމަށް ބެލެވޭ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެއެވެ.

އީޕީއޭއިން ބުނީ ދިގު މިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުރި އެ ސީލް ރާއްޖެއަށް އައިސްފައި ވަނީ މޫސުމީ ބަދަލުގެ ސަބަބުން ކަަމަށެވެ. އާންމުކޮށް ރާއްޖެ އިން ނުފެންނަ އެ ޒާތުގެ ޖަނަވާރު ފެނުމުން އޮންނަ ގޮތަކީ އޭތި ފައިބައިގެން ދަންދެން އަޅާނުލައި ބޭއްވުން ކަމަށާއި އެއްގަމުގައި އެ ސީލް އޮންނަނީ ވަރުބަލި ފިލުވައިލުމަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް