ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 08:22
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެޑިކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޖާހިދު ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެޑިކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޖާހިދު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން
މިހާރު މަސައްކަތް ކުރިއަށްދާ ސްކޫލްތައް ވަރަށް އަވަހަށް ނިމޭނެ: މުޖާހިދު
 
ހުޅުމާލޭގައި އިތުރު ސްކޫލްތައް އަޅަނީ
 
1150 ކުލާސްރޫމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި
 
70 ހޯލުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު އިމާރާތްކުރުމުގެ މަރުހަލާގައި ހުރި ސްކޫލްތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް ތައުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.

ތައުލީމީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުމަދު މުޖާހިދު ވިދާޅުވީ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަންކަން ކަމަށެވެ. އެގޮތުން މިހާރު ވެސް 1150 ކުލާސްރޫމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ. އޭގެ ތެރެއިން 196 ކުލާސްރޫމް ނިމިފައި ވާއިރު، މިހާރު ވެސް 500 އަށް ވުރެ ގިނަ ކުލާސްރޫމްގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މުޖާހިދު ވަނީ ސްކޫލްތަކުގެ ޖާގަ އިތުރު ކުރުމަށް ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެެވެ.

70 ހޯލުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި. 30 ހޯލުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ. 11 ހޯލުގެ މަސައްކަތް ނިމިފައި ހުރީ
ޑެޕިއުޓީ މިނިސްޓަރ މުޖާހިދު

މީގެ އިތުރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ރާއްޖޭގެ އެހެން ހިސާބުތަކުން ބަދަލުވާ މީހުންގެ އަދަދު އިތުރުވުމާ އެކު ގިނަ އަދަދެއްގެ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުވަމުންދާ ކަން މުޖާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެއާ އެކު މާލެ ސަރަހައްދުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭތީ އެ ކަމަށް ހައްލެއް ހޯދުމަށް ވެސް މިނިސްޓްރީ އިން މަސައްކަތް ކުރާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހުޅުމާލޭގައި އިތުރު ސްކޫލްތައް އެޅުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ދިރާސީ އާ އަހަރު ފެށުނު އިރު އަތޮޅުތެރޭގެ ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން މާލެ ސަރަހައްދަށް ބަދަލުވުމަށް އެދި 5000 އަށް ވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާކަމަށް ތައުލީމީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް