Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2025 | އަންގާރަ 01:03
އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު (ވ): ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ސްކޫލް ތަކެއްގެ ކުލާސްރޫމަތައް އޭސީ ކޮށް ނިންމާ ނުލެވުނު
އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު (ވ): ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ސްކޫލް ތަކެއްގެ ކުލާސްރޫމަތައް އޭސީ ކޮށް ނިންމާ ނުލެވުނު
ރާއްޖެއެމްވީ
އެޑިއުކޭޝަން މިނިސްޓްރީ
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް 2025 ސެޕްޓެމްބަރުގެ ކުރިން ނިންމަން އަމާޒު ހިފި ނަމަވެސް އެކަން ހާސިލް ނުވުން
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް 12 ޖޫން 2023 ގައި ފެނަކައާ ހަވާލުކުރެވުނު
ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރެވޭނެ

އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމަން އަމާޒުހިފި ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް އެކަން ހާސިލެއް ނުކުރެވުނުކަން ހާމަވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަން އާ އެވެ.

ފެނަކައާއި މި ޕްރޮޖެކްޓް ހަވާލުކުރުމަށް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އޭރު ވިދާޅުވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކޮށް ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިނިސްޓަރ ޝަފީއު ވިދާޅުވީ އެ ޕްރޮޖެކްޓްގެ މުއްދަތު އަސްލު 2 އަހަރަށް ކަނޑައެޅިފައި ވީނަމަވެސް، ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމަކީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުން ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ޔަގީންކަން ދެއްވާފަ އެވެ.

ވަރަށް ގިނަ ދަރިވަރުންނާއި، ވަރަށް ގިނަ ބެލެނިވެރިންގެ އެދުމެއް ވީހާވެސް އަވަހަށް މިކަން ނިންމުވާލުމަކީ ނަމަވެސް ސަރުކާރުން މި ސްކޯޕް އެކުލަވާލި އިރުގައި އެކުލަވާލައިފައިވަނީ 2 އަހަރުގެ މުއްދަތަށް ކަމަށާއި، ނަމަވެސް އަޅުގަނޑުމެންގެ އެސްޓިމޭޓަޑް ޓައިމްލައިންއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޭސީ ފޮނުވާ އޭސީ ހަރުކުރުން

އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއީލް ޝަފީއު

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ސެޕްޓެމްބަރު މަސް ނިމުނުއިރު ވެސް ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫތަކުގައި އޭސީ ހަރުކޮށް ނިންމާލެވިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝަފީއު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ ޕްރޮޖެކްޓް ފެނަކަ އާއި ހަވާލުކުރީ ދެ އަހަރުދުވަހުން ނިންމާ ގޮތަށް ކަމަށެވެ. އަދި ޔަގީން ކަމާއި އެކު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕްރޮޖެކްޓް ގެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށް ވިދާޅުވެ ޔަގީން ކަން ނުދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެން ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީ ހަރުކޮށް ނިންމުމަކީ އަމާޒެއް ކަމުގައި ވިދާޅުވެފައި ވާނެ ކަމަށް މިނިސްޓްރ ޝަފީއު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ޝަފީއު ވިދާޅުވީ މި އަހަރުގެ މިހާހިސާބަށް ދިޔައިރު، ސަރުކާރު ސްކޫލުތަކުގެ ތެރެއިން މާލެއާއި ރަށްފުށުގެ ސްކޫލުތަށް ހިމެނޭހެން ގިނަ ސްކޫލުތަކެއްގައި އޭސީ ހަރުކޮށް، ބޮޑުބައެއް ނިމިފައިވާ ކަމަށެވެ.

މިނިސްޓަރ އޭރު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަށް ޚަރަދު ވާނީ ޖުމުލަ 55 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާނުކޮށްފައިވާ މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ ޚަރަދު ވާނޭ ކަމަށް ވަނީ ބެލެވިފަ އެވެ.

އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވެސް ވަނީ އަންދާޒާ ކުރެ ވިފަ އެވެ.

- ކޮމެންޓް