Advertisement
ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 14:01
2 ޓީޗަރަކު މިހާރު ސަސްޕެންޝަންގައި އެބަތިބިކަމަށް މިނިސްޓްރީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވި
2 ޓީޗަރަކު މިހާރު ސަސްޕެންޝަންގައި އެބަތިބިކަމަށް މިނިސްޓްރީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވި
އެޑިއުކޭޝަން މިނިސްޓްރީ
އެއްޖިންސުން ގުޅުންހިންގުން
އެއްޖިންސުން ގުޅުންހިންގި މައްސަލަތަކާ ގުޅިގެން 2 ޓީޗަރަކު ސަސްޕެންޑްކުރެވިފައިވޭ
އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވެފައިވޭ
2 ޓީޗަރަކު މިހާރު ސަސްޕެންޝަންގައި އެބަތިބިކަމަށް މިނިސްޓްރީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވި

އެއްޖިންސުން ގުޅުންހިންގި މައްސަލަތަކާ ގުޅިގެން 2 ޓީޗަރަކު ސަސްޕެންޑް ކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްްކަމަށްވާ އެމްޑީ އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އޭގެ ތެރެއިން އެކަކީ ޓީޗަރެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ މިހާރު ހުރީ ސަސްޕެންޑް ކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، އެއްޖިންސުން ގުޅުންހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމައެއްނުކުރައްވައެވެ.

އޭނާގެ އިތުރުންވެސް އިތުރު ޓީޗަރަކު ވަނީ އެއްޖިންސުން ގުޅުން މހިންގުމުގެ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައެވެ. އެގޮތުން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި، ތުހުމަތުކުރެވޭ ޓީޗަރުންތަކެއްގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާ ކޮށްފައިވާއިރު، އެކަމާގުޅިގެން 2 ޓީޗަރަކު މިހާރު ސަސްޕެންޝަންގައި އެބަތިބިކަމަށް މިނިސްޓްރީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

Advertisement

މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، އެ މީހުންނާމެދު ވަގުތުން ފިޔަވަޅުއަޅައި، އެ މީހުން ވަނީ މަސައްކަތު މާހައުލުން އެކަހެރިކުރެވިފައެވެ.

ކުރިން ލީކުވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު، އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެއިތުރުން ފުލުހުންނަށް ހުށަހެޅިފައިވާ ބްލެކްމެއިލިންގގެ މައްސަލައެއްވެސް ތަހުގީގުކުރަމުންދާކަން ފުލުހުންވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރުން ލަސްވެގެން ފުލުހުންނަށް އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ، ލީކްވި ވީޑިއޯތަކުގައި ފެންނަކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ވަގުތުނެގީ ބައެއް ފަރާތްތަކުން އެޑިޓްކޮށްގެން ފޮޓޯތައް ދައުރުކުރަމުންގޮސްފައިވާތީ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް