ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 08:37
ގަބްރިއެލް ސްލޮނީނާ
ގަބްރިއެލް ސްލޮނީނާ
ޓްވިޓަރ
ސްލޮނީނާ ޗެލްސީއަށް ބަދަލުވުން
ޒުވާން ކީޕަރު ސްލޮނީނާ ޗެލްސީއަށް ސޮއިކޮށްފި
 
ޗިކާގޯ ފަޔަރ ދޫކޮށް ސްލޮނީނާ ޗެލްސީއަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އެމެރިކާގެ ޒުވާން ގޯލް ކީޕަރު ގަބްރިއެލް ސްލޮނީނާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ސްލޮނީނާގެ ސޮއި ޗެލްސީން ހޯދީ އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑުން ވެސް ކުރަނިކޮށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޗިކާގޯ ފަޔަރ ދޫކޮށް ސްލޮނީނާ ޗެލްސީއަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އޭނާ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ޗެލްސީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗިކާގޯ ފަޔަރ އަށް ކުޅޭ ގޮތަށެވެ. ޗެލްސީއަށް ބަދަލުވުމަށް ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު، ހޯމަ ދުވަހު އޭނާ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޗިކާގޯ ފަޔަރ އިން 2021 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި ސްލޮނީނާ ވަނީ އެ ޓީމަށް 33 މެޗު ކުޅެދީފައެވެ. މީގެ އިތުރުން އޭނާ އަކީ އެމރިކާގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް