ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 12:35
ބީޗު ވޮލީ ޓީމުގެ ކޯޗު ވިނީޝިއުސް
ބީޗު ވޮލީ ޓީމުގެ ކޯޗު ވިނީޝިއުސް
އެމްއޯސީ
ކޮމަންވެލްތު ގޭމްސް
އޮސްޓްރޭލިއާއާ ދެކޮޅަށް ރާއްޖެ ދެއްކި ކުޅުން، ކޯޗު ވިނީިޝިއުސް ބުނީ "ބަރާބަރު" ކަމަށް
 
ކޯޗު ބުނީ ޓީމުގެ ކުޅުމާމެދު އޭނ ހިތްހަމަ ޖެހޭ ކަމަށާއި، ޓީމާ މެދު އުފާ ކުރާ ކަމަށް

ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖޭގެ ބީޗުވޮލީބޯޅަ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށް ދެއްކީ "ބަރާބަރު" ކުޅުމެއް ކަމަށް ކޯޗު ވިނީިޝިއުސް މާޓިން ޖިއޯނީ ބުނެފިއެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ ފަހެއްގައި ވެސް ހިމެނޭ އޮސްޓްރޭލިއާގެ ކްރިސް މެކްހިއު އާއި ޕޯލް ބާނެޓްގެ ޕެއާގެ ދެކޮޅަށް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުގައި އޮސްޓްރޭލިއާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 21-13 އަދި 21-17 ންނެވެ. މެޗުގެ ދެ ސެޓުގެ ވެސް ކުރީ ކޮޅު ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފަހު ވަގުތު ކްރިސް މެކްހިއު އާއި ޕޯލް ބާނެޓް ވަނީ ދެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ވިނީޝިއުސް ފުރަތަމަ ވެސް ބުނީ ބަރާބަރު ކަމަށެވެ. ކޯޗު ބުނީ ޓީމުގެ ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ޓީމާ މެދު އުފާ ކުރާ ކަމަށެވެ.

ބަރާބަރު. އޮސްޓްރޭލިއާއާ ދެކޮޅަށް މިއީ އަހަރަމެންނަށް ރަނގަޅު ފެށުމެއް. އޮސްޓްރޭލިއާ އަކީ ޔަގީނުން ވެސް ވަރުގަދަ ޓީމެއް. އޮސްޓްރޭލިއާ އިން ކުޅެނީ ޗެމްޕިއަންކަން ދިފާއު ކުރަން. އަހަރަމެންނަށް ޔަގީނުން ވެސް ރަނގަޅު. އަހަރަމެން މަސައްކަތް ކުރީ މޮޅުވާން. ޓީމާ މެދު އަހަރެން އުފާކުރަން، ޓީމުގެ ކުޅުން ރަނގަޅު.
ވިނީިޝިއުސް މާޓިން ޖިއޯނީ / ބީޗުވޮލީ ޓީމުގެ ކޯޗު

މީގެ އިތުރުން ކޯޗު ބުނީ ކުރިއަށް ދެ މެޗު އޮތް ކަމަށާއި، އެ ދެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، މޮޅުވެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި ސްރީލަންކާގައި އޮތް ކޮމަންވެލްތު ކޮލިފައިންގައި ރާއްޖެއަށް ލިބުނީ ދެ ވަނައެވެ. ނަމަވެސް އެފްއައިވީބީ އާއި ރައްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރި މަސައްކަތުން ރާއްޖޭގެ އެއްވަނަ ޕެއާ ކުޑަކާއްޓެ އާއި އެޑަމްއަށް ގޭމްސް އިން ފުރުސަތު ލިބުނެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްއަކީ ރާއްޖެއިން ބީޗުވޮލީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ގޭމްސްގައި ރާއްޖޭގެ ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު ނުކުންނަނީ ރުވާންޑާއާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއިން ދެކުނު އެފްރިކާއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް