ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 11:19
ރޮބާޓޯ ފިރްމީނޯ
ރޮބާޓޯ ފިރްމީނޯ
ޓްވިޓަރ
ފިރްމީނޯގެ ކުރިމަގު
ލިވަޕޫލް ދޫކޮށްލާކަށް ފިރްމީނޯ ބޭނުމެއް ނުވޭ
 
ފިރްމީނޯ ބުނީ ލިވަޕޫލާއި، އެ ސިޓީގެ އިތުރުން ކުލަބުގެ ސަޕޯޓަރުން ދެކެ އޭނާ ލޯބިވާ ކަމަށް

ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ބުނެފިއެވެ.

އިންޓަވިޔުއެއްގައި ފިރްމީނޯ ބުނީ ލިވަޕޫލާއި، އެ ސިޓީގެ އިތުރުން ކުލަބުގެ ސަޕޯޓަރުން ދެކެ އޭނާ ލޯބިވާ ކަމަށެވެ. މީގެ އިތުރުން ފިރްމީނޯ ބުނީ އޭނާ ހުރީ ލިވަޕޫލްގައި ކަމަށާއި، ބޭނުންވަނީ އެ ޓީމުގައި މަޑުކުރަން ކަމަށެވެ. ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓަލީގެ ޔުވެންޓަސް އިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ލިވަޕޫލާއެކު ފިރްމީނޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ސީޒަނަށްފަހު ހަމަވާނެއެވެ. އެހެންކަމުން އެ ޓީމުގައި މަޑުކުރަން ބޭނުންވާނަމަ އޭނާއަށް ޖެހޭނީ އެއްބަސްވުން އައު ކުރާށެވެ.

އުމުރުން 30 އަހަރުގެ ފިރްމީނޯ ހޮފެންހަމް ދޫކޮށް ލިވަޕޫލަށް ބަދަލުވީ، 2015 ވަނަ އަހަރުއެވެ. އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 328 މެޗުގައި 98 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ލިވަޕޫލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ލީގު ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕާއި، ފީފާ ކުލަބް ވޯލްޑް ކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުން ހިމެނެއެވެ.

ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ފޯވާޑް ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 55 މެޗުގައި 17 ލަނޑު ޖަހާފައެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް