ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 07:16
ޤައުމީ ދާރުލްއާސާރު
ޤައުމީ ދާރުލްއާސާރު
ގޫގުލް
ދާރުލްއާސާރު ޒަމާނީކުރުން
ދާރުލްއާސާރު ޒަމާނީކުރުމަށް ބީއެމްއެލްއިން އެހީތެރިވަނީ
މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މަސައްކަތެއް

ޤައުމީ ދާރުލްއާސާރު ޒަމާނީކޮށް، އެތަނަކީި އާއްމުންނަށް ޝައުގުވެރިތަނަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

މިއީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައް ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި ހިމަނާފައިވާ މަސައްކަތެކެވެ. އެގޮތުން ބީއެމްއެލްގެ ހިދުމަތުގެ 40 ވަނަ އަހަރު ފާހަގަކުރުމަށް، އެ ކުންފުނިން ވަނީ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް މުޅި އަހަރަށް ބަހާލައިގެން ހިންގުމަށް ނިންމާފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ބީއެމްއެލް އިން ދާރުލްއާސާރުގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެތާންގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި، އެ ތަކެތި ޑިސްޕްލޭކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިގޮތުން، ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓްރީ ތަރައްގީކުރުމާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު އާއިޝަތު ނޫރައްދީން ވިދާޅުވީ ޤައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެއްކަމަށެވެ. އަދި މިފަދަ މުހިންމު މަސައްކަތެއް އިތުރަށް ތަރައްޤީކުރުމަށް ބޭންކުގެ އެހީ ފޯރުކޮށްދިނުމަކީ، އެ ބޭންކަށް ލިބޭ އުފަލެއްކަމަށް ވެސް ވިދާޅުވިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކި ދާއިރާތައް ހިމެނޭހެން ތަފާތު ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ފަށާފައެވެ. މީގެެ ތެރޭގައި ބީއެމްއެލް ފެހި ޕްރޮޖެކްޓާއި އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް، "ކައިންޑްލީ" އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުމާއި ކުދި ގްރާންޓުތަކާއި ހައުސިން ގްރާންޓާއި ސްޓާޓްއަޕް ގްރާންޓާއި ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީ ކުރުމާއި ބީއެމްއެލް ސްކޮލަރޝިޕް ފަންޑު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް