ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 12:57
ޮކުޑަކާއްޓެ އަދި އެޑަމް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
ޮކުޑަކާއްޓެ އަދި އެޑަމް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
އެމްއޯސީ
ކޮމަންވެލްތު ގޭމްސް
އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޑަކާއްޓެ އާއި އެޑަމް ރަނގަޅު ފައިޓެއް ދީފި
 
މެޗުގެ ދެ ސެޓުގެ ވެސް ކުރީ ކޮޅު ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ބީޗު ވޮލީބޯޅަ ޓީމުގެ ޕެއާގައި ހިމެނޭ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެ ރަނގަޅު ފައިޓެއް ދީފިއެވެ.

މިއީ ގޭމްސްގައި ރާއްޖޭގެ ބީޗު ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ދެ ސެޓުގެ ވެސް ކުރީ ކޮޅު ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފަހު ވަގުތު ކްރިސް މެކްހިއު އާއި ޕޯލް ބާނެޓް ވަނީ ދެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު އޮސްޓްރޭލިއާ އިން ހޯދީ 21-13 ންނެވެ. އަދި ދެ ވަނަ ސެޓު ހޯދީ 21-17 ންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ވަރުގަދަ އޮސްޓްރޭލިއާއާ ދެކޮޅަށް ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމް ދެއްކި ހިތްވަރު ގަދަ ކުޅުމަށް އެތައް ބަޔކު ސަޕޯޓުވެސް ދިނެވެ. ކުޑަކާއްޓެ އާއި އެޑަމް ކުރި ހިތްވަރު ފާހަގަކޮށް، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވަނީ ޓުވީޓެއް ވެސް ކުރައްވާފައެވެ. މަޚްލޫފުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ފަސް ވަނަ އަދި ކޮމަންވެލްތު ގޭމްސްގެ އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޑަކާއްޓެ އާއި އެޑަމް ދެއްކި މޮޅު ކުޅުމުން ހައިރާންކޮށްލައިފިކަމަށެވެ.

ގޭމްސްގައި ރާއްޖެއަށް ދެން އޮތީ ހޯމަ ދުވަހުގެ ރޭ ރުވާންޑާއާ ދެކޮޅަށް ކުޅޭ މެޗާއި، ބުދަ ދުވަހުގެ ރޭ ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް