ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 12:42
ކޮމަންވެލްތު ގޭމްސްގެ ތެރެއިން
ކޮމަންވެލްތު ގޭމްސްގެ ތެރެއިން
އެމްއޯސީ
ކޮމަންވެލްތު ގޭމްސް
ބެޑްމިންޓަން ޓީމަށް ގްރޫޕް ސްޓޭޖުން ނާކާމިޔާބު
 
ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައި

މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން މިކްސް އިވެންޓުން ރާއްޖެ ކަޓައިފިއެވެ.

ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވުމުންނެވެ. ފުރަތަަމަ މެޗުގައި ރާއްޖެ ބަލިވީ، ސްކޮޓްލެންޑު އަތުން 5-0 ންނެވެ. ދެވަނަ މެޗުގައި ރާއްޖެ 5-0 ން ކެނެޑާ އަތުން ބަލިވީއިރު، ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބަލިވީ ޔޫގާންޑާ އަތުން 4-1 ންނެވެ.

ޔޫގާންޑާ އަތުން ރާއްޖެ ބަލިވި މެޗުގައި ފުރަތަމަ ކުޅެން އެރީ، ފިރިހެން ސިންގަލްސްގައި ޒަޔާން ޒަކީއެވެ. ޒަޔާންއާ ދެކޮޅަށް ނިކުމެ ޔޫގާންޑާގެ ބްރަޔާން ކަސީރްޔޭ ވަނީ 21-4 އަދި 21-4 ން ފުރަތަމަ ގޭމުން މޮޅުވެފައެވެ. ދެވަނަ ގޭމުގައި އަންހެން ސިންގަލްސްގައި ރާއްޖޭގެ ނަބީހާ ނުކުތީ ޔޫގާންޑާގެ ފާދިލާ ޝާމިކާ ދެކޮޅަށެވެ. އެ ގޭމުގެ ސެޓުތައް ފާދިލާ ޝާމިކާ ގެންދިޔައީ 22-20 އަދި 21-17 ންނެވެ. ތިން ވަނަ ގޭމުގައި ފިރިހެން ޑަބަލްސްގައި ރާއްޖޭގެ އަޖުފާން އަދި ނިބާލް ނުކުތީ ޔޫގާންޑާގެ ބްރިއާން އަދި ޑެނިއަލްގެ ޕެއާއާ ދެކޮޅަށެވެ. ގޭމުގެ ފުރަތަމަ ސެޓު 21-14 ން ޔޫގާންޑާއިން ހޯދި ނަމަވެސް، ރާއްޖެއިން ވަނީ ދެވަނަ ސެޓު 21-14 ން ހޯދާފައެވެ. ނަމަވެސް ތިންވަނަ ސެޓު 21-15 ން ހޯދާ ޔޫގާންޑާއިން ވަނީ ގޭމު ހޯދާފައެވެ.

ހަތަރު ވަނަ ގޭމުގައިި އަންހެން ޑަބްލްސްގައި ރާއްޖޭގެ ނަބީހާ އަދި ނަބާހާ ނުކުތީ ޔޫގާންޑާގެ ހުސީނާ ކޮބުގާބޭ އަދި ފާދިލާގެ ޕެއާ އާ ދެކޮޅަށެވެ. ޔޫގާންޑާއިން މި ގޭމު ކާމިޔާބުކުރީ 21-17 އަދި 21-17 ންނެވެ. ފަހު ގޭމުގައި މިކްސް ޑަބަލްސްގައި ރާއްޖޭގެ ނަބާހާ އަދި ޒަޔާން ނުކުތީ ޔޫގާންޑާގެ ޑެނިއަލް އަދި ހުސީނާއާ ދެކޮޅަށެވެ. މި ގޭމުގައި ރާއްޖެއިން ވަނީ ޔޫގާންޑާ ބަލިކޮށްފައެވެ. އެއީ 21-18 ން ޔޫގާންޑާ ފުރަތަމަ ސެޓު ހޯދާފައި ވަނިކޮށް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. އެ ދެ ސެޓު ރާއްޖެއިން ހޯދީ 21-14 އަދި 21-14 ންނެވެ.

ބެޑްމިންޓަންގެ އޯޕަން ބައިގެ މެޗުތައް ފަށާނީ ބުދަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް