ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 18:22
މުބާރާތް އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަޑައިގަތުން
މުބާރާތް އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަޑައިގަތުން
ރައީސް އޮފީސް
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އިފުތިތާހުކޮށްދެއްވައިފި
މި މުބާރާތް އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް
މުބާރާތުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން ވާދަކުރާނެ
މުބާރާތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޮޑީބޯޑިން ވޯލްޑް ޓުއަރގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފުތިތާހުކޮށްދެއްވައިފިއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މި މުބާރާތް އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ވޯލްޑް ޓުއާ މުބާރާތެއް އޭޝިއާގައިވެސް ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން ވާދަކުރާނެއެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން އަދި ފިރިހެން ބޮޑީބޯޑަރުން ބައިވެރިވާ މި މުބާރާތުގައި ރާއްޖޭގެ އަށް ބޮޑީބޯޑަރުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޤައުމީ ޖޫނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނާއި، ސީނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޯޑީބޯޑީންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) ބުނީ މިއީ 2020 ވަނަ އަހަރު އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޯޕަރޭޝަން (އައި.ބީ.ސީ) އެފިލިއޭޓްވީ ހިސާބުން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ރާއްޖޭގައި އޮންނަނީ ބޮޑީބޯޑިން ވޯލްޑް ޓުއަރގެ އެއް ލެގެވެ.

މި މުބާރާތާއެކު ރާއްޖެ ހުޅުވިގެން މިދަނީ "ސާފް ޓުއަރިޒަމް". ރާއްޖޭގެ ބޮޑީބޯޑަރުންނަށް މިއަދު އެ ބޮޑީބޯޑަރުންގެ ފެންވަރު ދައްކާލައި، ރޭންކިންގައި އެ ބޮޑީބޯޑަރުންގެ ނަން ފަވާލުމުގެ ފުރުސަތު މިހާރު ލިބިގެންދާނެ
ބޯޑީބޯޑީންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް)
މުބާރާތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ރައީސް އޮފީސް

މި މުބާރާތަށް ރާއްޖެއިން ތައްޔާރުވެފައިވާލެއް ފުރިހަމަކަން އައިބީސީ ވޯލްޑް ޓުއާ މެނޭޖަރު ގްލެން ކުއެވޭސް ފާހަގަކުރިއެވެ. މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުޙައްމަދު ވިދާޅުވީ ރާއްޖޭގެ އަމާޒަކީ ރާޅާ އެޅުވުމުގައިވެސް ލީޑިން ޑެސްޓިނޭޝަނަކަށްވުން ކަމަށެވެ.

- ކޮމެންޓް