Advertisement
ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 22:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ނާޒިމް ސައްތާރު ހައްޔަރުކުރުން
ނާޒިމް ސައްތާރު ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން – ނަޝީދު
ނާޒިމްގެ އިތުރުން ކާނަލް ނަޝީދުވެސް ވަނީ ހައްޔަރުކޮށްފައި
ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރާއާތުތަކާ ޚިލާފަށް
ނާޒިމް ހައްޔަރުކުރީ އޭނާ ނިސްބަތްވާ ބައެއްގެ ސަބަބުން

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން، ރައީސް ނަޝީދު އެކަމާ ހިތްޕުޅުހަމަނުޖެހިގެން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ނާޒިމް ހައްޔަރުކުރީ ރިސޯޓެއްގައި ހުންނަވަނިކޮށެވެ. ފުލުހުން ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 46 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއީ ބުރާސްފަތި ދުވަހު މި މައްސަލައިގައި ހައްޔަރުކުރި 3 ވަނަ މީހާއެވެ. މީގެ އިތުރުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި، 35 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

ނާޒިމް ސައްތާރު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާތީކަމަށެވެ. ހައްޔަރުކޮށްފައިވަނީ އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގައިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ, ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށެވެ. އަދި އެކަން ކޮށްފައިވަނި ސިޔާސީ މަންފާއަށްޓަކައި ހަރުކަށި ފިކުރުގެ މީހުންގެ ރުހުން ހޯދަން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރްއާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގައި، އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް، އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް، އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

ނާޒިމް ސައްތާރުގެ އިތުރުން މި މައްސަލައިގައި ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ވެސް ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް