ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 05:22
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އަލިފުށީގެ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްގީ ކުރު
އަލިފުށީގެ ބިން ހިއްކަން އެމްޓީސީސީގެ ޖައްރާފާ 4 ގެންގޮސްފި
އަލިފުށީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ
އެއަރޕޯޓް އަޅަން ބިން ހިއްކުމަށް އީއައިއޭ ހަދައި ޑިޒައިންގެ މަސައްކަތް ވަނީ ނިމިފައި

ރ. އަލިފުށީގައި އެއަރޕޯޓް ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކަޓަރ ސަކްޝަން ޑްރެޖަރ "ޖައްރާފާ-4" އެރަށަށް ގެންގޮސްފިއެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްގީކުރަނީ އެ ރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ޑިޒައިނިން އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ. ވަރަށް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 1 ސެޕްޓެމްބަރ 2021ގައެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 451.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭއަކާއި އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އަލިފުށީގައި ތަރައްގި ކުރާ އެއަރޕޯޓަކީ ރ. އަތޮޅުގައި އަޅާ ދެވެނަ އެއަރޕޯޓެވެ. މިހާރު އެއަރޕޯޓެއް އޮންނަނީ އެ އަތޮޅު އިފުރުގައެވެ.

- ކޮމެންޓް