ކ. މާލެ
|
22 ޖުލައި 2022 | ހުކުރު 21:53
މުސްލިމުން ގެފުޅު އަރިހު ގައި ތޮވާފް ކުރަނީ
މުސްލިމުން ގެފުޅު އަރިހު ގައި ތޮވާފް ކުރަނީ
އަލްއަރަބިއްޔާ
އިސްރާއީލުގެ ނޫސްވެރިއަކު މައްކާއަށް ވަނުން
މުސްލިމް ނޫން ނޫސްވެރިއަކު މައްކާއަށް ވެއްދި މީހާ ހައްޔަރުކޮށްފި
 
އެއީ އިސްރާއީލުގެ ނޫސްވެރިއެއް

މުސްލިމް ނޫން ނޫސްވެރިއަކު މާތްވެގެންވާ މައްކާގެ ބިމަށް ވެއްދި ސައުދީގެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުކުރު ދުވަހު ސައުދީ ދުލުހުންގެ ސްޕޯކްސްޕަރސަން ބުނީ އޭނާގެ އަތުގައި އޮތީ އެމެރިކާގެ ޕާސްޕޯޓެއް ކަމަށެވެ.

މި ހަފްތާ ތެރޭގައި އިސްރާއިލްގެ ޗެނަލް 13 ޓީވީ ނިއުސްގެ ނޫސްވެރިއެއް ކަމަށްވާ ގިލް ޓެމެރީ ވަނީ އޭނާ މައްކާ ތެރޭގައި ދަތުރުކުރާ ވީޑިއޯއެއް އާންމުކޮށްފައެވެ. މާތްވެގެންވާ މައްކާގެ ބިމަށް މުސްލިމުން ނޫން މީހުން ވަނުމަކީ މަނާ ކަމެކެވެ.

އޭނާ ވަނީ އަރަފާތު ބިމަށްވެސް ގޮސްފައެވެ. އޭނާގެ ރިޕޯޓު ޕަބްލިޝްކޮށްފައިވަނީ އެނބުރި އިސްރާއީލަށް ދިއުމަށް ފަހުއެވެ. އެ ރިޕޯޓުގައި އޭނާ ބުނެފައިވަނީ މައްކާއަށް ދިއުމަކީ އޭނާ ދެކުނު ހުވަފެނެއް ކަމަށާއި، އޭނާ މައްކާއަށް ގެންދިއުމަށް އެއްބަސްވި މީހާއަށް އެއީ އިސްރާއީލުގެ ނޫސްވެރިއެއް ކަމެއް ނޭނގޭނެ ކަމަށެވެ.

އަންގާރަ ދުވަހު ޓެމެރީ ވަނީ މައާފަށް އެދި ޓްވީޓެއް ކޮށްފައެވެ. އޭނާގެ ޓްވީޓުގައި ބުނެފައިވަނީ އޭނާ މައްކާއަށް ކުރި ދަތުރަކީ މައްކާގެ މުހިންމުކަން ދައްކާލުމަށާއި، އިސްލާމް ދީނުގެ ރީތިކަން ދައްކާލުމަށް ކުރި ދަތުރެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
25%
0%
0%
75%
ކޮމެންޓް
23 ޖުލައި 2022 | ހޮނިހިރު 09:18
ނުވޭސް
ތިނަންކިޔާ ނިއުސް ޗެނަލްއެއް ރާއްޖޭގައިވެސް އެބަހިންގާ ޔަހޫދީނން އާ ގުޅުން އޮތްބައެއްބާ ރާއްޖޭގެ ޗެނަލް 13 އަކީ؟؟؟؟؟؟؟؟¿؟
ގުޅުންހުރި
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި