Advertisement
ކ. މާލެ
|
15 ޖުލައި 2022 | ހުކުރު 05:19
ގޮތަބަޔާ ރާޖަޕަކްސަ
ގޮތަބަޔާ ރާޖަޕަކްސަ
-
ގޮތަބަޔާ ގައުމުން ފިއްލެވުން
ގޮތަބަޔާ ރާއްޖޭގައި ޓްރާންސިޓް ކުރެއްވުމަށް ހުއްދަ ދިނިން: ދިވެހި ސަރުކާރު
ސަރުކާރުން މީގެ ކުރިން ބުނީ މިކަމުގައި ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް
ސަރުކާރުން ރަސްމީ ބަހެއް ބުނެފައިމިވަނީ ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންނެވިތާ އެތައް ގަޑިއިރެއް ފަހުން
ސިންގަޕޫރުން ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި

ސްރީލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތުމަށް ރާއްޖޭގައި ޓްރާންސިޓް ކުރެއްވުމުގެ ހުއްދަ ދީފައިވާނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

މިކަމުގައި ދިވެހި ސަރުކާރުން އެއްޗެއް ބުނެފައިމިވަނީ ރައީސް ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންނެވިތާ އެތައް ގަޑިއިރެއް ފަހުންނެވެ. ގޮތަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ވައިގެ އަސްކަރިއްޔާގެ އޭއެން32މަރުކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު، މީގެ ކުރިން ސަރުކާރުން ވަނީ މިކަމުގައި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހުގެރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާ ސަރުކާރުގެ ޚާއްސަ އެދުމެއްގެ މަތިން، އެގައުމުގެ ރައީސްގެ ދެކަނބަލުން ދަތުރުކުރެއްވި ލަންކާގެ އަސްކަރީ މަތިންދާބޯޓު ޖެއްސުމަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވާކަމަށެވެ.

Advertisement

މިމަހުގެ 13 ވަނަ ދުވަހު ގޮތަބަޔާ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވިނަމަވެސް އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހުއެވެ.

އެމަނިކުފާނު ސިންގޕޫރުގައި ދެ ތިން ދުވަހު މަޑުކުރެއްވުމަށްފަހު ސައުދީއަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުން ދަނީ ގޮތަބަޔާ އަދި އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އިސްތިއުފާއަށް އެދެމުންނެވެ. އަދި ގޮތަބަޔާ އިސްތިއުފާ ދެއްވުމާއެކު ލަންކާ ރައްޔިތުން ވަނީ މަގުތަކަށް އެއްވެ އެކަމުގެ އުފާ ފާޅުކޮށްފައެވެ. ރަނިލް ވެސް ވަނީ އިސްތިއުފާ ދެއްވައި ސިޔާސީ ޕާޓީތައް ގުޅިގެން ޤައުމު ހިންގުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް