Advertisement
ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 01:40
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
ރާއްޖެއެމްވީ
ކުންފުނިތަކަށް ދޭންޖެހޭ ފައިސާ
ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ނުދެވިގެން އުޅެނީ އެ ފައިސާ ސަރުކާރުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބަބުން - ޝަރީފް
ބަޖެޓް ފާސްކުރީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ހިމަނައިގެން
ސަޕްލިމެންޓްރީ ބަޖެޓަށް ލިބޭނެ ފައިސާއާއި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ލިބޭނެ ފައިސާ އެއިރު ޔަގީންކުރި

ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ނުދެވިގެން އުޅެނީ އެ ފައިސާ ސަރުކާރުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބަބުން ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓިވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެއިރު ކޮންޓްރެކްޓަރުން ކޮށްފައި ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި ބަޖެޓް ފާސްކުރީ އެ ފައިސާ ހިމަނައިގެން ކަމަށާއި، ސަޕްލިމެންޓްރީ ބަޖެޓަށް ލިބޭނެ ފައިސާއާއި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ލިބޭނެ ފައިސާ އެއިރު ޔަގީންކުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ފައިސާ ހުންނަން ޖެހޭނެ. އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެވިގެން ކުންފުނިތަކަށް ލާރި ނުދެވިގެން އެ އުޅެނީ. ކުންފުނިތަކަށް ދޭންހުރި ލާރި އެހެން ކަންކަމަށް ބޭނުންކޮށްގެން އެހެނިހެން ހަރަދުތައް ކޮށްގެން ނުދެވިގެން އުޅެނީ ހަގީގަތުގައި. 19 ވަނަ މަޖިލިސް ނިމުމުގެ ކުރިން ލާރިދީ ހަމަޖެހިފައި ހުންނަން ޖެހޭނީ. އަޅުގަނޑުމެން އައީ ސަރުކާރާއި އެއްބަސްވެގެން އަދި ސަރުކާރާއި ވާހަކަދެކެވިގެން ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރީވެސް.
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ ބަޖެޓް ތައްޔާރުކުރި މި ސަރުކާރުން 400 ވަރަކަށް ޕީއެސްއައިޕީ ހިމަނާފައިވާ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓާއި 2024 ވަނަ އަހަރުގެ ބަޖެޓަކީވެސް މި ސަރުކާރުގެ މަޝްވަރާއާއެކު ހަދާފައިވާ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓު ހެދީވެސް ބިލްތައް ދައްކާ ގޮތަށް އެއްބަސްވެގެން ކަމަށާއި، ނަމަވެސް އެ ފައިސާ ނެތީ އޭގެ ބޭނުން ސަރުކާރުން ނަހަމަގޮތުގައިކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް