ކ. މާލެ
|
14 ޖުލައި 2022 | ބުރާސްފަތި 04:31
ގޮތަބަޔާ ރާޖަޕަކްސަ
ގޮތަބަޔާ ރާޖަޕަކްސަ
ރާއްޖެއެމްވީ
ގޮތަބަޔާ ގައުމުން ފިއްލެވުން
ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ޖެޓެއް ހަމަޖައްސަވައިދެއްވުމަށް ދިވެހި ސަރުކާރުގައި އެދިވަޑައިގެންފި
ޖެޓެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން
ލަންކާގެ ވަގުތީ ރައީސްއަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސަވައިދެއްވުމަށް ދިވެހި ސަރުކާރުގައި އެދިވަޑައިގަންނަވައިފިއެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސަވައިދެއްވުމަށް ދިވެހި ސަރުކާރުގައި އެދިވަޑައިގަންނަވާފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު، ގޮތަބަޔާ މިކަމަށް އެދިވަޑައިގެންފައިވަނީ ލަންކާއިން ފިއްލެވުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ ހާލަތު ގޯސްވެ އެ ޤައުމުގެ ރައްޔިތުން މުޒާހަރާ ކުރުމުން ގޮތަބަޔާ ވަނީ އަންގާރަ ދުވަހުގެ ރޭ އެ ޤައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް ސީއެންއެންގައި ވަނީ ރިިޕޯޓްކޮށްފައެވެ. ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ވަނީ އެމަނިކުފާނު އަނބުރާ ފޮނުވާލަން ބުނެ މާލޭގައި މުޒާހަރާވެސް ކޮށްފައެވެ.

ގޮތަބަޔާ ލަންކާއިން ފިއްލެވުމާއި ގުޅިގެން މިވަގުތު އެގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް