ކ. މާލެ
|
13 ޖުލައި 2022 | ބުދަ 02:12
ގޮތަބަޔާ ރާޖަޕަކްސަ
ގޮތަބަޔާ ރާޖަޕަކްސަ
ގޫގުލް
ގޮތަބަޔާ ފިއްލެވުން
ގޮތަބަޔާ ފިއްލަވާ ވަޑައިގަތީ ރާއްޖެއަށް!
ގޮތަބަޔާ ވަޑައިގަންނަވަން އުޅުއްވީ ރާއްޖެއަށް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރޭ
އަންގާރަ ދުވަހު ގޮތަބަޔާ ފުރަތަމަ ފިއްލައިވައި ވަޑައިގަންނަވަން އުޅުއްވުމުން އެއަރޕޯޓުން ވަނީ އެމަނިކުފާނު ހުއްޓުވާފައި
ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން، 13 ޖުލައި ގައި އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ ވަނީ އިސްތިއުފާ ސިޓީފުޅުގައި ސޮއިވެސް ކުރައްވާފައި

ސްރީލަންކާގެ ރައީސް އެ ޤައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގެންފިކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އޭއެފްޕީ ނިިއުސް އެޖެންސީން ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ފިއްލަވައިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވަޑައިގަތީ ފްލައިޓުގައި ކަމަށް ބުނި ނަމަވެސް ވަޑައިގަތީ ކޮން ޤައުމަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންފައިވާ ކަމަށް ލަންކާއާއި ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިކަން ދިވެހިރާއްޖޭގެ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން ރައީސް ގޮތަބަޔާ 13 ޖުލައިގައި އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އިސްތިއުފާގެ ސިޓީފުޅުގައި ސޮއިވެސް ކުރައްވާފައިވާކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އިސްތިއުފާ އިއުލާންކުރެއްވުމުގެ ކުރިން ޤައުމު ދޫކޮށް ވަޑައިގަންނަވަން ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އަދި އަންގާރަ ދުވަހު ގޮތަބަޔާ ފުރަތަމަ ފިއްލަވައި ވަޑައިގަންނަވަން އުޅުއްވުމުން ލަންކާ އެއަރޕޯޓުން ވަނީ އެމަނިކުފާނު ހުއްޓުވާފައެވެ. އަދި ބައެއް ޤައުމުތަކުން ވަނީ އެމަނިކުފާނަށް އެ ޤައުމުތަކަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން ވެސް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް