ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 05:59
ދިވެހި ހައްޖާޖީންގެ ހާލު ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން
ދިވެހި ހައްޖާޖީންގެ ހާލު ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން
އަހުމަދު ޝާޒް/ޓްވިޓާ
ހައްޖު 1443
ދިވެހި ހައްޖާޖީންގެ ހާލު ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވޭ

މިނާގައި ތިބި ދިވެހި ހައްޖާޖީންގެ ހާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލް ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިހާރު ތިއްބެވީ ސައުދީ އަރަބިއްޔާގައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މަސްޖިދުއް ނަބަވީއަށްވެސް ޒިޔާރަތްކުރައްވާފައެވެ. މަސްޖިދުއް ނަބަވީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަލް ޕްރެޒިޑެންޓް ފޯރ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓްސް މޮސްކު ޑރ.މުޙައްމަދު އަލް ޚުދައިރީއެވެ. ރައީސް އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު، ހައްޖާޖީން ފުރާފައިވަނީ 3 ގްރޫޕަކަށް ބެހިގެންނެވެ. ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތުދެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔުމަށް 453 ކޯޓާ ސަޢުދީ ސަރުކާރުންވަނީ ދީފައެވެ. މީގެތެރެއިން 100 ޖާގައަށް މީހުން ނަގާފައިވަނީ ޢާއްމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގައިގެންނެވެ. ބާކީ ހުރި ޖާގަތަކަށް މީހުން ނަގާފައިވަނީ ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ ކިޔު ތަރުތީބުންނެވެ.

- ކޮމެންޓް