Advertisement
ކ. މާލެ
|
8 ޖުލައި 2022 | ހުކުރު 07:03
އިބްރާހީމް ރާމިޒް (28އ)
އިބްރާހީމް ރާމިޒް (28އ)
ޕޮލިސް
މީހަކު ގެއްލުން
ހެނބަދޫން މީހަކު ގެއްލިގެން ހޯދަނީ
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ބުރާސްފަތު ދުވަހުގެރޭ
ރާމިޒް ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް
އޭނާ އެކަނި ކެނޯއެއްގައި ކަނޑުމައްޗަށް ނުކުމެފައިވާކަމަށް ބެލެވޭ

ނ. ހެނބަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހެނބަދޫ ކުންނާރުގެ، އިބްރާހީމް ރާމިޒް (28އ) ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އިބްރާހީމް ރާމިޒް ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް