ކ. މާލެ
|
27 ޖޫން 2022 | ހޯމަ 07:17
ހައްޖު 1441
ހައްޖު 1441
ހަރަމައިންއިންފޯ
ހައްޖު 1443
ސައުދީން ބޭރުން ހައްޖަށްދާ 80،000 ހައްޖުވެރިންނަށް މެޝެއިއަރ ރޭލުގައި ދަތުރުކުރެވޭނެ
އެހެން ގައުމުތަކުން 150،000 ހައްޖުވެރިން ދޭ

އެހެން ގައުމުތަކުން ދާ ހައްޖުވެރިންގެ ތެރެއިން 80,000 ހައްޖުވެރިންނަށް ރޭލުގައި މައްކާގެ އެތެރޭގައި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

އެހެން ގައުމުތަކުން ހައްޖަށް ދާ ފަރާތްތަކުގެ ކަންކަން ބަލާ ކޯޑިނޭޓިން ކައުންސިލްގެ ހެޑް ޑރ. ސައީދު އަލް-ޖޮހާނީ ވިދާޅުވީ މިފަހަރުގެ ހައްޖު މޫސުމަށް އެކި ގައުމުތަކުން 150،000 ހައްޖުވެރިން ދާއިރު، 80،000 ހައްޖުވެރިންނަށް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ޑރ. ސައީދު ވަނީ ހައްޖުވެރިންނަށް ހަމަޖެހިފައިވާ އިންތިޒާމުތައް ތަފްސީލުކޮށްދެއްވާފައެވެ. މިގޮތުން މިނާގައި ހުންނަ ހައްޖުވެރިންގެ ކޭމްޕުތަކުގައި ކެއުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށާއި، އަދި ކިޑާނާ ކުންފުނީގެ ފަރާތުން ގާއިމްކޮށްފައިވާ ބަދިގެތައް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނާގައި އިތުރު ޓެންޓުތައް ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި، ޓެންޓުތަކުގައި ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށް ޑރ. ސައީދު ވިދާޅުވިއެވެ.

އަންނަ ޖުލައި މަހުގެ 6، 7، 8 މި ތިން ދުވަހު ހައްޖުވެރިން ސައުދީގެ މާތްވެގެންވާ ބިންތަކަށް ދާނެއެވެ. މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި 8 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް