ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 07:26
އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ސައުދީއަށް ދޭ
އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ސައުދީއަށް ދޭ
ސައުދީގެޒެޓް
އުމްރާގެ އަޅުކަން
މިއަހަރު އުމްރާގެ އަޅުކަމަށް 10 މިލިއަނަށްވުރެ ގިނަ މީހުން ދާނެ
މިމަހުގެ 30 ވަނަ ދުވަހު އުމްރާގެ އަޅުކަން ފަށާނެ

މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 މިލިއަނަށްވުރެ ގިނަ އުމްރާވެރިން ދާނެ ކަމަށް ބެލެވޭކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ކޮމިޓީ ފޮރ ދަ ޙައްޖު، އުމްރާ އެންޑް ވިޒިޓް އެކްޓިވިޓީޒްގެ ނާއިބު ރައީސް ހާނީ އަލް-އަމީރީ ވިދާޅުވެއްޖެއެވެ.

ހާނީ އަލް-އަމީރީ ވިދާޅުވީ އެގައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީންނާއި، މީހުން އުމްރާއަށް ފޮނުވާ ކުންފުނިތަކާއި، ޖަމާއަތްތަކާ ގުޅިގެން އުމްރާވެރިންނާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ. އުމްރާވެރިން ސައުދީގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 1900 އަށްވުރެ ގިނަ އެކޮމޮޑޭޝަން ސަރވިސް ޕްރޮވައިޑަރުން ހަރަކާތްތެރިވަމުންދާކަމަށް ވެސް ހާނީ ވިދާޅުވިއެވެ.

އުމްރާގެ އަޅުކަން ފެށިގެންދާނީ 1 މުޙައްރަމް 1444 ގައެވެ. އެ ދުވަސް މީލާދީ ގޮތުން ދިމާވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހަށެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ފަރާތްތަކަށް ވިސާ ދޫކުރަން ފަށާފައެވެ. ވިސާ ދޫކުރާއިރު ބަލާ މިންގަނޑުތައް މިހާރު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

މީގެއިތުރުން ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހަދާފައިވާ އުސޫލުތަކަށް އެންމެންވެސް ބޯލަނބަން ޖެހޭނެއެވެ.

- ކޮމެންޓް