ކ. މާލެ
|
27 ޖޫން 2022 | ހޯމަ 07:02
ލަންކާގައި ޕެޓްރޯލް އެޅުމަށް ހަދާފައިވާ ކިއޫއެއް
ލަންކާގައި ޕެޓްރޯލް އެޅުމަށް ހަދާފައިވާ ކިއޫއެއް
ރޮއިޓާރސް
ލަންކާގެ އިގްތިސާދީ ކާރިސާ
ލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު އިންތިހާއަށް ބޮޑުކޮށްފި
ލަންކާގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 550 ރުޕީސްއަށް
އެގައުމަށް ލިބެންޖެހޭ ތެޔޮ ޝިޕްމެންޓް ލިބުން ވަނީ ލަސްވެފައި
އެގައުމަށް އެހީވެވޭނެ ގޮތްތައް ބެލުމަށް އެމެރިކާގެ އިސް އޮފިޝަލުން ވަނީ އެޤައުމަށް ގޮސްފައި

ސްރީ ލަންކާގައި ޕެޓްރީލް ލީޓަރެއްގެ އަގު އިންތިހާއަށް ބޮޑުކޮށްފިއެވެ.

ސިލޯން ޕެޓްރޯލް ކޯޕަރޭޝަނުން އާދިއްތަ ދުވަހު ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގު 550 ރުޕީސްއަށް ބޮޑުކޮށްފައިވާކަމަށެވެ. އެއީ ލީޓަރަކަށް 1.52 ޑޮލަރެވެ. މިިއީ 22 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޕެޓްރޯލްގެ އަގު ބޮޑުކޮށްފައިވަނީ ޕެޓްރޯލް ލީޓަރެއް 460 ރުޕީސްއަށް ވިއްކުމަށް ފަހުއެވެ. އެއީ ލީޓަރަކަށް 1.27 ޑޮލަރެވެ.

ލަންކާގައި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައިވަނީ އެގައުމަށް ތެޔޮ ޝިޕްމެޓް ލިބުން ލަސްވާނެ ކަމަށް އެނަރޖީ މިނިސްޓަރ ކަންޗަނާ ވިޖެސެކެރާ ހާމަކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. އޭނާ ވިދާޅުވީ "ބޭންކިން" ސަބަބުތަކަކާހުރެ ތެޔޮ ޝިޕްމެންޓް ލިބުން ލަސްވެފައިވާކަމަށެވެ.

އޭނާ ވަނީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގެން، ފިއުލް ސްޓޭޝަންތަކުގެ ބޭރުގައި ކިއޫ ހަދައިގެން ނުތިބުމަށް އިލްތިމާސްކުރައްވާފައެވެ.

ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން، އެގައުމުގައި އަދިވެސް 2 ދުވަހަށް ބޭނުންކުރެވޭ ވަރަށް ތެޔޮ އެބަހުއްޓެވެ. އެހެންނަމަވެސް ޒަރޫރީ ކަމެއް ދިމާވެދާނެކަމަށް، އެ ތެޔޮތައް ހުރީ ރައްކާކޮށްފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް އެހީވެވޭނެ ގޮތްތައް ބެލުމަށް އެމެރިކާގެ އިސް އޮފިޝަލުންތަކެއް ވަނީ ލަންކާއަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
27 ޖޫން 2022 | ހޯމަ 08:15
ހަސަނު
ލާމު އަތޮޅު ގައި ޕެޓްރޯލް ލިޓަރެއް ލިބެނީ 1.43 ޑޮލަރުގެ ރޭޓުން.... އެހެން ވީމާ ތީކީ އަދި ބޮޑު ވުމެއް ނޫނެއްނު...