Advertisement
ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 10:14
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން
ރާއްޖެއެމްވީ
އިންޓަރނޭޝަނަލް ޔޯގާ ޑޭ
ޔޯގާ ޙަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނަން: ފުލުހުން
ދިވެހި 6 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
ހަރަކާތުގެ ތެރެއަށް ވަތް މީހުން ގޮވަމުން ދިޔައީ "ﷲ އަކުބަރު" އަދި "މިތަނުން ނުކުމޭ"
ޙަރަކާތް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް ސެކިއުރިޓީ ވަރުގަދަ ކޮށްގެން މި ޙަރަކާތް ވަނީ ކުރިއަށް ގެންގޮސްފައި

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތާއި ދެކޮޅު ފަރާތްތަކުން ވަނީ އެއީ ދީނާއި ޚިލާފު ކަމެއްކަން ފާހަގަކޮށް އެ ޙަރަކާތަށް ހުރަސް އަޅާފައެވެ. އެކަމުގެ ތެރެއިން ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ނޭޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މިމުޒާހަރާގެ ތެރެއިން ދިވެހި 6 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

Advertisement

އަންގާރަ ދުވަހު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގައި ތިބި މީހުންނަށް ޙަމަލާ ދީފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެފައިވެއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއަށް ވަތް މީހުން ގޮވަމުން ދިޔައީ "ﷲ އަކުބަރު" އަދި "މިތަނުން ނުކުމޭ" އެވެ. އެ ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ކަރުނަގޭސްވެސް ބޭނުންކޮށްފައިވެއެވެ.

ފުރަތަމަ ހަމަނުޖެހުން ހިނގުމުން ޔޯގާ ޙަރަކާތް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް ސެކިއުރިޓީ ވަރުގަދަ ކޮށްގެން މި ޙަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް