ކ. މާލެ
|
20 ޖޫން 2022 | ހޯމަ 20:19
ނ. ލަންދޫ ބަނދަރު
ނ. ލަންދޫ ބަނދަރު
އެމްޓީސީސީ
2 ރުއް ދޭތެރޭ ފިތިގެން މީހަކު މަރުވުން
ލަންދޫގައި 2 ރުއް ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެ
މި ހާދިސާގައި މަރުވެފައިވަނީ 53 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް

ނ. ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެއެވެ.

ހޯމަ ދުވަހު ހިނގި މިހާދިސާގައި މަރުވެރިފައިވަނީ 53 އަހަރުގެ ބަންގަލަދޭޝްގެ ރައްޔިތެކެވެ. އޭނާ މަރުވީ ލޭންޑިންގ ކްރާފްޓަކަށް ރުއްތަކެއް އެރުވުމުގެ ތެރޭގައި ދެ ރުއް ދޭތެރޭގައި ފިތިގެންކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވޯރު 4:15 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ދެ ރުއްދޭތެރޭގައި ފިތުނު ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ލަންދޫގެ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

- ކޮމެންޓް