މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮއްވައި އަންގާރަ ދުވަހު ފެނިފައިވާއިރު، އެމީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މައްސަލައިގައި މިހާތަނަށް ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ގުޅުން ހުރި އިދާރާތަކާއެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
މި މީހާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ ހޯމަ ދުވަހުގެ މެންދުރު ކުރި 11:45 ހާއިރުއެވެ.
މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
