މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓްތަކެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާކަމުގެ މައުލޫމާތު މިއަދު 15:30ގައި ލިބުނު ކަމަށެވެ.
އަދި މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީ ފިިރިހެނުންނަށް ކަމަށާއި އެތަނުން އެކަކު މަރުވެފައިވާ ކަަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އަނެއް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
