ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 22:54
އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕްގެ ތެރެއިން
އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕްގެ ތެރެއިން
igmh
ޚިތާނުކުރަން ނަން ނޯޓް ކުރުމަށް ހުޅުވާލަނީ
އައިޖީއެމްއެޗްގައި ޚިތާނުކުރަން ނަންނޯޓުކުރުމަށް ހުޅުވާލަނީ
ނަން ނޯޓް ކުރުން ކުރިއަށްދާނީ 15 ޖޫންއިން 26 ޖޫންއަށް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޚިތާނުކުރަން ނަންނޯޓުކުރުމަށް ހުޅުވާލަން ނިންމައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޚިތާނުކުރުމަށް ނަންނޯޓްކުރަން ހަމަޖެހިފައިވަނީ ބޮޑު ބަންދާ ދިމާކޮށެވެ. އެގޮތުން 15 ޖޫންއިން ފެށިގެން 26 ޖޫންއަށް ނަން ނޯޓް ކުރެވޭނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިއަހަރު ޚިތާނުކުރުމަށް ހަމަޖެހިފައިވަނީ 300 ކުދިންނެވެ. އެ އަދަދު ހަމަވުމުން ނަން ނޯޓްކުރުން ހުއްޓާލާނެކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

ނަން ނޯޓްކުރުން ކުރިއަށްދާނީ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 9:00ން ހަވީރު 4:00ށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސަރޖަރީ ކައުންޓަރުންނެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި ޚިތާނުކުރުން ކުރިއަށްދާނީ 2 ޖުލައިން ފެށިގެން 31 ޖުލައިގެ ނިޔަލަށެެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭނީ ނަން ނޯޓްކުރާ ތަރުތީބުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ހެނދުނު 8:00ން ހަވީރު 4:00އާ ދެމެދު އައިޖީއެމްއެޗްގެ ސަރޖަރީ ކައުންޓަރުގެ ނަންބަރު 3335300ށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.


Advertisement
- ކޮމެންޓް