ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 13:03
ޗެސް އެސޯސިއޭޝަންއާއި ރާއްޖެ ޓީވީއާ ދެމެދު އެސްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ޗެސް އެސޯސިއޭޝަންއާއި ރާއްޖެ ޓީވީއާ ދެމެދު އެސްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ރާއްޖެ އެމްވީ
ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 15 ން 23 އަށް އއ.އުކުޅަހުގައި

ރާއްޖޭގައި ބާއްވާ ފުރަތަަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރުގެ ގޮތުގައި ރާއްޖެ ޓީވީ ހަމަޖައްސައި އެއްބަސްމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރ ނާޒުމީ ސައީދުއެވެ. އަދި ޗެސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާންއެވެ

"ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް 2022" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 15 ން 23 ށް އއ. އުކުޅަހުގައެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރނޭޝަނަލް މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ ނުވަ ގައުމަކުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ބައިވެރިވަނީ ކަޒަކިސްތާން، ކިރިގިސްތާން، އުޒްބަކިސްތާނުގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލާއި ޕާކިސްތާން އަދި ސްރީލަންކާއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަަމަޖެހިފައިވަނީ "ވިސްނުންތެރި ކުދިން-މައްސަލަތަކަށް ބޭނުންކުރާނީ ސުލްހަވެރި ހައްލެއް" މި ޝިއާރުގެ ދަށުންނެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް މުބާރާތް ކުރިއަށް ގެންދާނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

- ކޮމެންޓް