ކ. މާލެ
|
10 ޖޫން 2024 | ހޯމަ 08:05
ޤައުމީ ޗެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝުއާއު އަދި ނިހާޔާ އާއެކު ކުޅިވަރު ވަޒީރު ރާފިޢު
ޤައުމީ ޗެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝުއާއު އަދި ނިހާޔާ އާއެކު ކުޅިވަރު ވަޒީރު ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޤައުމީ ޗެސް މުބާރާތް
ޤައުމީ ޗެސް މުބާރާތުގެ ޗެމްޕިއަންކަން ޝުއާއު އަދި ނިހާޔާ އަށް
މިއަހަރުގެ ޤައުމީ ޗެސް މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް

ޤައުމީ ޗެސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުޙައްމަދު ޝުއާއު އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނިހާޔާ މުޙައްމަދު ހޯދައިފި އެވެ.

މިއަހަރުގެ ޤައުމީ ޗެސް މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ދެ ކެޓަގަރީގައި ޖުމުލަ 111 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. އެއީ އަންހެން ކެޓަގަރީގައި 33 ކުޅުންތެރިން އަދި އޯޕަން ކެޓަގަރީގައި 78 ކުޅުންތެރިންނެވެ. މުބާރާތުގައި ޖުމުލަ ވަނީ 580 މެޗު ކުޅެފަ އެވެ.

ޤައުމީ ޗެސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ވަޒީރު ރާފިޢު ވަނީ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް އިނާމު ހަވާލު ކޮށްދެއްވައިފަ އެވެ.

މިއަހަރުގެ ޤައުމީ ޗެސް މުބާރާތުގައި މިދިޔަ އަހަރަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އަންހެން ކެޓަގަރީގައި ވާދަކޮށްފައި ވަނީ 19 ކުޅުންތެރިންނެވެ. އަދި އޯޕަން ބައިގައި ވާދަކޮށްފައި ވަނީ 65 ކުޅުންތެރިންނެވެ.

- ކޮމެންޓް