ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 07:21
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް
ރާއްޖެއެމްވީ
ޗެސް އެސޯސިއޭޝަން
ޤައުމީ ޗެސް މުބާރާތް އަންނަ މަހު ހަތަރެއްގައި
މީގެ ކުރިން މި މުބާރާތް ބާއްވާފައި ވަނީ ކުލަބް، އަންހެން އަދި އޯޕަން ވަކި މުބާރާތެއްގެ ގޮތުގައި

ޗެސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ޗެސް މުބާރާތް އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ޗެސް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ ހަތަރަކުން، ޖުލައި މަހުގެ 23 އަށެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުލަބް ކެޓަގަރީ، އަންހެން ކެޓަގަރީ އަދި އޯޕަން ކެޓަގަރީ އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ދާނީ ކުލަބް ކެޓަގަރީ އެވެ. އެއީ މެއި މަހުގެ ހަތަރަކުން 12 އަށެވެ. މި ކެޓަގަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ދެ ވަނަ އަށް ކުރިއަށް ދާނީ އަންހެން ކެޓަގަރީ އެވެ. އެއީ މެއި މަހުގެ 17 އިން 26 އަށެވެ. މި ކެޓަގަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެންމެ ފަހު ކެޓަގަރީ އަކަށް އޯޕަން ކެޓަގަރީ ކުރިއަށް ދާނި ޖޫން މަހުގެ ހަތް ވަނަ ދުވަހުން 20 ވަނަ ދުވަހަށެވެ. މި ކެޓަގަރީ ގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ޖޫން އެއް ވަނަ ދުވަހު އެވެ.

މިއީ ޗެސް އެސޯސިއޭޝަނުން 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. އެއަށްފަހު 2020 އަދި 2021 ވަނަ އަހަރު މުބާރާތް ކުރިއަށް ނުގެންދެވުނީ ކޯވިޑު-19ގެ ބަލި މަޑުކަމުގެ ސަބަބުންނެވެ. މި މުބާރާތަކީ އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ ތެރެއިން ޗެސް ޤައުމީ ޓީމު އެކުލަވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ. މީގެ ކުރިން މި މުބާރާތް ބާއްވާފައި ވަނީ ކުލަބް، އަންހެން އަދި އޯޕަން ވަކި މުބާރާތެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަހަރު ޗެސް އެސޯސިއޭޝަނުން ނިންމާފައި ވަނީ ތިން ކެޓަގަރީ އަށް ބަހާލައިގެން އެއް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށެވެ. މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި ޖުމުލަ 80،000 (އަށްޑިހަ ހާސް) ރުފިޔާ ވަނީ ހުށަހަޅާފަ އެވެ. މުބާރާތް ކުރިއަށް ދާނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަަ ޗެސް އާކޭޑްގަ އެވެ.

- ކޮމެންޓް