ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 18:22
އައްޑޫ ސިޓީ، ފޭދޫ
އައްޑޫ ސިޓީ، ފޭދޫ
ގޫގުލް
އައްޑޫ މާރާމާރީ
އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހައިފި
 
މި މާރާމާރީގައި 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައި
 
މި މައްސަލައިގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައި

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އުމުރުން 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭގެ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި ޒަޚަމްވެ، ފަރުވާދެމުން ދަނިކޮށް އެމީހާ ވަނީ މަރުވެފައެވެ. މަރުވީ އުމުރުން 21 އަހަރުގެ މީހެކެވެ.

މި މައްސަލައާއި ގުޅިގެން 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ. 16 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު، ފުލުހުން ބުނީ 15 އަހަރުގެ ކުއްޖާގެ ބަންދަށްވެސް 10 ދުވަސް ކޯޓުން ދީފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ ފޭދޫގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފަސް ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާތަނަށް މިމާރާމާރީއާ ގުޅޭގޮތުން ބުނެފައިވަނީ މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މާރާމާރީތަކެއްކަމަށް ބެލެވިފައިވާކަމަށެވެ.

ފޭދޫގައި އެންމެ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މާރާމާރީގައި 19 އަހަރުގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާއަށް މިހާރު ފަރުވާދެމުން ދަނީ މާލެ ގެނެސްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި