ކ. މާލެ
|
31 މެއި 2022 | އަންގާރަ 13:52
އިޒްރޭލާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދި ފުރަތަމަ އަރަބި ޤައުމަކަށް ޔޫއޭއީ މިވަނީ ވެފައި
އިޒްރޭލާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދި ފުރަތަމަ އަރަބި ޤައުމަކަށް ޔޫއޭއީ މިވަނީ ވެފައި
އަމޯސް ބެން ގަރޝޯމް- ޖީޕިއޯ
އިޒްރޭލް-ޔޫއޭއީގެ ގުޅުން
އިޒްރޭލާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދި ފުރަތަމަ އަރަބި ޤައުމަކަށް ޔޫއޭއީ
އާދިއްތަ ދުވަހު އިޒްރޭލުގެ އިކޮނޮމީ އެންޑް އިންޑަސްޓްރީ މިނިސްޓަރު ދުބާއީއަށް ވަޑައިގެންނެވި
ދެ ޤައުމުގެ އުފެއްދުންތަކުން 96 އިންސައްތަ ކަސްޓަމްސް ޑިއުޓީ ކަނޑާލުމަށް ވަނީ ނިންމާފައި
މިއީ އަރަބި ޤައުމަކާއެކު އިޒްރޭލުން ޤާއިމުކުރި މިފަދަ ފުރަތަމަ އެއްބަސްވުން

އިޒްރޭލާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދި ފުރަތަމަ އަރަބި ޤައުމަކަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ވެއްޖެއެވެ.

ޔޫއޭއީގައި ހުންނަ އިޒްރޭލް އެމްބަސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ޤައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. މިއީ އަރަބި ޤައުމަކާއެކު އިޒްރޭލުން ޤާއިމުކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

މި އެއްބަސްވުން ޤާއިމުކުރުމާއެކު ދެ ޤައުމުގެ އޮފިޝަލުންވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ އުފެއްދުންތަކުން 96 އިންސައްތަ ކަސްޓަމްސް ޑިއުޓީ ކަނޑާލުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނާއި، ރީތިވާ ސާމާނާއި، ސިއްޙީ އާލަތްތައްވެސް ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި އެގްރީމަންޓުގައި ސޮއިކުރެއްވުމަށް އާދިއްތަ ދުވަހު އިޒްރޭލުގެ އިކޮނޮމީ އެންޑް އިންޑަސްޓްރީ މިނިސްޓަރު އޯނާ ބާބިވައި ވަނީ ދުބާއީއަށްވެސް ވަޑައިގެންފައެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިޒްރޭލާއި ޔޫއޭއީން ވަނީ ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް އެމެރިކާ މެދުވެރިއަކަށްވެގެން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ފާއިތުވި ދުވަސްތަކުގައި ދެ ޤައުމުގެ އޮފިޝަލުން އެއް ޤައުމުން އަނެއް ޤައުމަށް ރަސްމީ ދަތުރުތައް ކުރައްވައި، ބައިލެޓްރަލް އެއްބަސްވުންތަކުގައިވެސް ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަފާތު އެކި އިންވެސްޓްމަންޓުތަކާއި، ބޭންކިންގ ޚިދުމަތާއި، ފަތުރުވެރިކަމާ ގުޅުންހުރި އެއްބަސްވުންތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް