ކ. މާލެ
|
30 މެއި 2022 | ހޯމަ 17:11
ހެލްތު މިނިސްޓްރީން ހޮސްޕިޓަލުތަކުގެ މަސައްކަތް ހަވާލުކުރުން
ހެލްތު މިނިސްޓްރީން ހޮސްޕިޓަލުތަކުގެ މަސައްކަތް ހަވާލުކުރުން
ހެލްތު މިނިސްޓްރީ
ހޮސްޕިޓަލް އެޅުމުގެ މަސައްކަތް
4 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
 
މި ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވަނީ 57 މިލިއަން ޑޮލަރަށް
 
ހެލްތު މިނިސްޓްރީން ހަވާލުކުރީ ހއ. ދިއްދޫއާއި ރ. އަލިފުއްޓާއި ދ. ކުޑަހުވަދޫއާއި ގއ. ވިލިނގިލީގެ ހޮސްޕިޓަލުގެ މަސައްކަތް

ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު ހެލްތު މިނިސްޓްރީގައ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑާއެވެ. އެ ކުންފުންޏާ މި ޕްރޮޖެކްޓުތައް ހަވާލު ކޮށްފައިވަނީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ)އަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހަވާލު ކޮށްފައިވަނީ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަންގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އަދި އިންޑިއާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިންއެވެ.

އެ އެއްބަސްވުމުގެ ދަށުން ދިއްދޫއާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ހޮސްޕިޓަލުގެތަކުގެ މަސައްކަތްތަކަކީ އަންސޮލިސިޓެޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މި ޕްރޮޖެކްޓަށް ފައިނޭންސްކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން، ބަޔަރސް ކްރެޑިޓް ސްކީމުގެ ދަށުން ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް