ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 21:35
ބުރާސްފަތި ދުވަހު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީން ވަނީ އެގައުމުގެ އިންތިޚާބާބެހޭ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައި
ބުރާސްފަތި ދުވަހު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީން ވަނީ އެގައުމުގެ އިންތިޚާބާބެހޭ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައި
ރޮއިޓަސް
ޕާކިސްތާނުގެ އިންތިޚާބާބެހޭ ގާނޫނު
ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް އާންމު އިންތިޚާބުގައި ވޯޓު ނުލެވޭގޮތަށް ޕާކިސްތާނުން ހަދައިފި
އިންތިޚާބުގައި އައި-ވޯޓިންގ ސިސްޓަމާއި އިލެކްޓްރޯނިކް ވޯޓިންގ މެޝިން ބޭނުންކުރުމަށް ސަރުކާރުން ދެކޮޅުނުހަދާކަމަށް މިނިސްޓަރު ވިދާޅުވި
މި އިސްލާހާއެކު އެގައުމުގެ އާންމު އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން މެޝިން ބޭނުންކުރުން މަނާވާނެ
އިންތިޚާބާބެހޭ ބިލުގެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ މިނިސްޓަރ އޮފް ޕާރލިމެންޓަރީ އެފެއަރޒް މުރްތަޟާ ޖާވީދް އައްބާސީ

ޕާކިސްތާނުގައި ކުރިއަށް އޮތް އާންމު އިންތިޚާބުގައި ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުނުލެވޭގޮތަށް އެގައުމުގެ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ބުރާސްފަތި ދުވަހު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީން ވަނީ އެގައުމުގެ އިންތިޚާބާބެހޭ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައެވެ. މި އިސްލާހާއެކު އެގައުމުގެ އާންމު އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިންގ މެޝިން ބޭނުންކުރުން މަނާވާނެއެވެ. އަދި ގައުމުން ބޭރުގައި އުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވޯޓެއްނުލެވޭނެއެވެ.

މިބިލާއެކު ޕާކިސްތާނުން މިހާރު މަސައްކަތްކުރަނީ އާންމު އިންތިޚާބުގެ ކުރިން ގައުމުގެ އެތެރޭގެ ބައި އިލެކްޝަންތަކުގައި އައި-ވޯޓިންގ ސިސްޓަމާއި އިލެކްޓްރޯނިކް ވޯޓިންގ މެޝިން ބޭނުކޮށް، އެކަމުގެ ޕައިލެޓް ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދިއުމަށެވެ.

މި ބިލުގެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ މިނިސްޓަރ އޮފް ޕަރލިމެންޓަރީ އެފެއަރޒް މުރްތަޟާ ޖާވީދް އައްބާސީއެވެ.

ޕާކިސްތާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އެގައުމުގެ ގާނޫނީ ވަޒީރު އަޒަމް ނަޒީރް ތަރަރް ވަނީ، އަލަށް ފާސްކުރެވިގެން މިދިޔަ އިސްލާހާއެކު ގައުމުން ބޭރުގައި ދިރިއުޅޭ މީހުންގެ ވޯޓުލުމުގެ ހައްގަށް އަރައިނުގަނެވޭކަމަށް ވިދާޅުވެފައެވެ. އެގޮތުން، ގައުމުން ބޭރުގައި އުޅޭ ޕާކިސްތާނު ރައްޔިތުންނަކީވެސް ގައުމަށް މުހިންމު ބައެއް ކަމަށާއި، އެރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން ސަރުކާރުން ނޫޅޭކަމަށް މިނިސްޓަރު ވިދާޅުވެފައެވެ.

މީގެ އިތުރުން އިންތިޚާބުގައި އައި-ވޯޓިންގ ސިސްޓަމާއި އިލެކްޓްރޯނިކް ވޯޓިން މެޝިން ބޭނުން ކުރުމަށް ސަރުކާރުން ދެކޮޅުނުހަދާކަމަށާއި، އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

- ކޮމެންޓް