Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 11:47
ޤަތަރުގައި މީގެ ކުރިން ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު، ޤަތަރާއި ތުރުކީގެ އޮފިޝަލުންގެ ޙާޟިރުގައި ސުލްޙައިގެ އެއްބަސްވުމުގައި ޕާކިސްތާނުގެ ދިފާޢީ ވަޒީރު އަދި އަފްޣާނިސްތާނުގެ ދިފާއީ ވަޒީރު ސޮއިކުރައްވަނީ

ރޮއިޓަރސް
ޕާކިސްތާން
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
ޤަތަރު އަދި ތުރުކީ މެދުވެރި ވެގެން ހަތަރު ދުވަސް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު އެކްސްގައި ވިދާޅުވެފައި ވަނީ، އަފްޣާނިސްތާންގެ ފަރާތުން އެއްވެސް ޔަގީން ކަމެއް ނުދިނުމާ އެކު، މައިގަނޑު މައްސަލަ އިން އެއް ފަރާތަށް ޖެހިލައި، މައްސަލަ އަނބުރާލައި އަދި ހީލަތްތެރި ކަމެއްގެ ތެރޭގައި އުޅުނު ކަމަށެވެ.

ޕާކިސްތާން އާއި އަފްޣާނިސްތާން އާއި ދެމެދު ދެމެހެއްޓެނިވި ސުލްޙައެއް ގެނައުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތައް، މަސައްކަތް ނުކުރެވޭ ޙާލަތަށް ގޮސް ނިމިފައިވާ ކަމަށް ޕާކިސްތާން އިން ހާމަ ކޮށްފި އެވެ.

ބުދަ ދުވަހު ޕާކިސްތާން އިން އެކަން ހާމަ ކޮށްފައިވާއިރު، އެ ޤައުމުގެ ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ދެކުނު އޭޝިއާގެ މި ދެ ޤައުމުގެ ސަރަހައްދުގައި ހިނގި ވަރުގަދަ ހަނގުރާމަ އަށް ފަހު، ސުލްޙަ ޤާއިމު ކުރުމަށް ޕާކިސްތާން އާއި އަފްޣާނިސްތާން އިން ވަނީ، ތުރުކީގެ ވެރި ރަށް އިސްތަމްބޫލުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު، އަފްޣާނިސްތާންގެ ވެރި ރަށް ކާބުލްގައި ހިނގި ގޮވުންތަކާ ގުޅިގެން ފެށުނު ހަނގުރާމައިގައި 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާއިރު، ޠާލިބާނުން ބުނެފައި ވަނީ ކާބުލްގައި ހިނގި ގޮވުން ތަކުގެ ޒިންމާ ޕާކިސްތާން އިން ނަގަން ޖެހޭނެ ކަމަަށެވެ.

ޤަތަރު އަދި ތުރުކީ މެދުވެރި ވެގެން ހަތަރު ދުވަސް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު އެކްސްގައި ވިދާޅުވެފައި ވަނީ، އަފްޣާނިސްތާންގެ ފަރާތުން އެއްވެސް ޔަގީން ކަމެއް ނުދިނުމާ އެކު، މައިގަނޑު މައްސަލަ އިން އެއް ފަރާތަށް ޖެހިލައި، މައްސަލަ އަނބުރާލައި އަދި ހީލަތްތެރި ކަމެއްގެ ތެރޭގައި އުޅުނު ކަމަށެވެ.

އެއީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އޭނާ ވިދާޅުވީ، އެ މަޝްވަރާ ތަކުން މަސައްކަތް ކުރެވޭނެ އެއްވެސް ޙައްލެއް ގެނެވިފައި ނުވާ ކަމަށެވެ. ތަރާރު ވިދާޅުވީ ޕާކިސްތާން އިން ސުލްޙައި ރޫޙުގައި އަފްޣާނިސްތާނާ އެކު ވާހަކަ ދައްކަން އުޅުނު ނަމަވެސް، އެ ޤައުމުން ޕާކިސްތާނާ ދެކޮޅު ޓެރަރިސްޓުންނަށް ދެމުން ގެންދާ ތާާއީދު ހުއްޓުމެއް ނެތި ދެމުން ގެންދިޔަ ކަމަސެވެ.

އެހެންކަމުން، ޓެރަރިޒަމްގެ ނުރައްކާތެރި ކަމުން ޕާކިސްތާންގެ ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށް ވެސް ތަރާރު ވަނީ ވިދާޅުވެފަ އެވެ. އަދި ޓެރަރިސްޓުންނާއި، އެމީހުންނަށް އެހީތެރިވާ އަދި ތާއީދު ކުރާ މީހުން ވެސް ނައްތާލާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މި މައްސަލައިގައި އަފްޣާނިސްތާން އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

2600 ކިލޯ މީޓަރު، ނުވަތަ 1600 މޭލު ދިގު ސަރަހައްދެއް ހިއްސާ ކުރާ، ކުރިން އެކުވެރިކަން އޮތް މި ދެ ޤައުމުގެ ގުޅުން ފަހަކަށް އައިސް ގޯސްވެފައި ވަނީ، ޣަފްޣާނިސްތާން އިން ޕާކިސްތާނުގައި ހަަމަލާތައް ދޭ ހަނގުރާމަވެރި ގުރޫޕު ތަކަށް ހިމާޔަތް ދެމުން ގެންދާ ކަމަށް، ޕާކިސްތާން އިން ތުހުމަތު ކޮށްފައިވާތީ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް